Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މާލޭ ސަރަހައްދުގެ ބަނދަރުތައް ކައުންސިލާ ހަވާލުކުރަން މޭޔަރު ގޮވާލައްވައިފި

މާލޭ ސަރަހައްދުގެ ބަނދަރުތައް ކައުންސިލާ ހަވާލުކުރަން މޭޔަރު ގޮވާލައްވައިފި

މާލޭ ސަރަހައްދުގެ ބަނދަރުތައް މާލެ ސިޓީ ކައުންސިލްއާ ހަވާލުކުރަން މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ގޮވާލައްވައިފިއެވެ.

މޭޔަރު އާދަމް އާޒިމް "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާރު ވެސް މާލެ ސަރަހައްދުގެ ބަނދަރުތައް ބޭނުން ކުރުމުގައި މަސްވެރިންނާއި ރަށްތަކުން އަންނަ ފަރާތްތަކުން ޝަކުވާތައް ލިބޭ ކަމަށެވެ.

މޭޔަރު ވިދާޅުވީ މާލޭ ސަރަހައްދުގެ ހުރިހާ ބަނދަރުތަކަކީ ވެސް މާލެ ސިޓީ ކައުންސިލްގެ ބަނދަރުތައް ކަމަށާއި އެހެން ނަމަވެސް ލާމަރުކަޒީ ގާނޫނާ ހިލާފަށް ބައެއް ބަނދަރުތައް އެމްޕީއެލް ފަދަ ތަންތަނުގައި ދަށުގައި އޮވެގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement
Allied — Dhen Online (box)

މޭޔަރު ވިދާޅުވީ ބަނދަރުތަކުގެ އިންފްރާސްޓްރަކްޗާ އިތުރަށް ތަަރައްގީކުރަން ޖެހޭ ކަމަށާއި ނަމަވެސް އެކަމަށް ސިޓީ ކައުންސިލްއަށް ބަޖެޓުވެސް ނުލިބޭ ކަމަށެވެ. އަދި ހުރިހާ ބަނދަރުތައް މާލޭ ސިޓީ ކައުންސިލްއާ ހަވާލުކުރުމަށް ވެސް މޭޔަރު ގޮވާލެއްވިއެވެ.

ބޮޑުތަކުރުފާނު މަގު އިތުރަށް ފުޅާކޮށް ތަރައްގީކުރަން ނަސަންދުރަ ސަރަހައްދުން ފެށިގެން ލޯކަލް މާރުކޭޓް ސަރަހައްދާ ހަމައަށް އޮންނަ ބަނދަރު ސަރަހައްދު މިހާރު އޮތީ ވަގުތީ ގޮތުން އެމްޓީސީސީއާ ހަވާލު ކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް