ޚަބަރު

އެޗްޑީސީ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި 18،600ރ. ދެނީ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ވިނަރެސް ފްލެޓުގައި އަލަށް ގާއިމްކުރި އެޗްޑީސީގެ އޮފީސް/ ފޮޓޯ: އެޗްޑީސީ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުންނަށް މި އަހަރުގެ ބޯނަސްގެ ގޮތުގައި ދޭނެ އެންމެ ބޮޑު އަދަދަކީ 18،600ރ. ކަމަށް ކަނޑައަޅައިފިއެވެ.

Ads by STELCO

އެޗްޑީސީ މުވައްޒަފުންނަށް ބޯނަސް ދޭން ފަށާފައިވަނީ ރޭގައެވެ. އަހަރީ ބޯހަނުގެ ފައިސާ ދޫކުރަނީ ކުންފުނީގެ ބޯޑުން ފާސްކޮށް، ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކުގައި ކަމަށް އެޗްޑީސީގެ އޮފިޝަލަކު މައުލޫމާތު ދެއްވިއެވެ.

އޭނާ ވިދާޅުވީ ބޯނަސް ދޫކުރަނީ މިއަހަރުގެ ތެރޭގައި އެ މުވައްޒަފު ހިދުމަތްކުރި މުއްދަތަށް ބެލުމަށްފަހުގައި ކަމަށެވެ. މުވައްޒަފަކަށް މިއަހަރު އެންމެ ގިނައިން ބޯނަސްގެ ގޮތުގައި ލިބޭނެ އަދަދަކީ 18،600ރ. ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެޗްޑީސީ މުވައްޒަފުންނަށް މިދިޔަ އަހަރު ބޯނަހުގެ ގޮތުގައި އެންމެ ބޮޑު އަދަދަކަށް ދީފައި ވަނީ 10،000ރ. އެވެ.

Ads by Ooredoo