29 ޓަނުގެ ކެރެޓު މަގުމައްޗަށް، ސަބަބު އެނގޭތަ؟

29 ޓަނުގެ ކެރެޓު ލަންޑަންގެ މަގެއްގެ މައްޗަށް އޮއްސާލައިފިއެވެ. މި ކެރެޓުތައް އޮއްސާލާފައިވަނީ ލަންޑަންގެ ކޮލެޖެއްކަމަށްވާ، “ގޯލްޑްސްމިތްސް”ކޮލެޖުގެ ކުރިމައްޗަށެވެ.
ބޮޑު ލޮރީއެއް އައިސް އެ 29 ޓަނުގެ ކެރެޓުތައް އެކޮލެޖު ކުރިމައްޗަށް އޮއްސާލި މަންޒަރު، އެކޮލެޖުގެ ގިނަ ބަޔަކު ވަނީ ރެކޯޑުކޮށްފައެވެ.
މިކަމަށް ފާޑުކިޔާ ބައެއް މީހުން ކުރި ޓުވީޓުތަކަށް ޖަވާބު ދެމުން އެ ކޮލެޖުން ބުނީ، އެ މަސައްކަތަކީ، އާޓުގެ ދާއިރާއިން އެ ކޮލެޖުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުމުގެ ބައިގައި ހިމެނޭ ކަމެއް ކަމަށެވެ.
“ގްރައުންޑިންގް” ގެ ނަމުން ނަން ދެވުނު މި ބައިގައި، ކިޔަވައިދޭނީ އެކޮލެޖުގައި އާޓުގެ ދާއިރާއިން ޑިގުރީ ހަދަމުން އަންނަ ދަރިވަރުންނަށެވެ. މިކަަމުގެ ސަބަބުން އެތައް ބައިވަރު އަދަދެއްގެ ކެރެޓު ތަކެއް ބޭކާރު ވާ ވާހަކަ އަންނަނީ ދައްކަމުންނެވެ.
މިކަމަަށް ޖަވާބު ދެމުން އެ ކޮލެޖުގެ އާޓިސްޓެއް ކަމަށްވާ “ރެފެލް ޕެރޭޒް އީވާން” ނަމަކަށް ކިޔާ މީހަކު ބުނީ އެކަމަށް ބޭނުން ކޮށްފައި ވާނީ ޔޫކޭގެ ފުޑު އިންޑަސްޓުރީން ބޭނުން ނުކުރާ ގޮތަށް ހަމަޖައްސާފައި ހުރި ކެރެޓު ކަމަށެވެ. އަދި މި ކެރެޓުތައް އަނބުރާ ނެގުމަށްފަހު އެކި “ފާރމް” ތަކުގެ ޖަނަވާރުންނަށް ހަދިޔާ ކުރެވޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.