ދުނިޔެ

ލަންކާގެ މަސާޖު ޕާލާއެއްގައި ހަށިވިއްކަމުންދިޔަ ތައިލެންޑުގެ ހަ މީހަކު ހައްޔަރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ސްރީލަންކާގެ ކޮލުޕިޓިޔާ އަވަށުގައި ހިންގަމުންދިޔަ މަސާޖު ޕާލާއަކުން ހަށިވިއްކަމުން ދިޔަ ތައިލެންޑުގެ ހަ މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Creative Network

އެ ޤައުމުގެ މީޑިއާތަކުން ބުނާގޮތުގައި އިއްޔެ ކޮލަންބޯގެ ސައުތު ޑިވިޝަން ކްރިމިނަލް އިންވެސްޓިގޭޝަން ބިއުރޯގެ ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މިތަން ބަލައި ފާސްކޮށްފައިވާ ކަމަށާއި އެ ވިޔަފާރީގައި އިސްކޮށް ޙަރަކާތްތެރިވާ ކަމަށް ބެލެވޭ، ޢުމުރުން 40 އަހަރުގެ އަންހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ހައްޔަރު ކުރެވުނު ތައިލެންޑުގެ ހަ އަންހެނުންނަކީ ޢުމުރުން 29 އަހަރާއި 36 އަހަރާ ދެމެދުގެ މީހުންކަމަށް ވެސް ފުލުހުންނާ ހަވާލާދީ އެ ޤައުމުގެ މީޑިއާތަކުން ބުނެއެވެ.

މި މައްސަލަ ކޮލުޕިޓިޔާގެ ފުލުހުން އިތުރަށް ތަޙުޤީޤުކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!