ޚަބަރު

އުކުޅަހަށް އައިސް ހުރި ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

އއ. އުކުޅަހަށް ޗުއްޓީ ހޭދަކޮށްލުމަށް އައިސް ހުރި, ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

Ads by STELCO

"ދެން" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަނީ، އުކުޅަހުގައި ހުންނަ ލަ ޕަލްމާ ސުއިޓްސް ގެސްޓުހައުސްއަށް އައިސް ހުރި، ރަޝިޔާއަށް ނިސްބަތްވާ 48 އަހަރުގެ ފިރިހެނެކެވެ. އޭނާ އުކުޅަހުން ފުރުމަށް ހަމަޖެހިފައި އޮތީ މިއަދު ހެނދުނުއެވެ. ނަމަވެސް އޭނާ އެ ރަށުން ފުރާފައި ނުވާ ކަމަށާއި އޭނާގެ މޯބައިލްފޯނާއި އެހެނިހެން ސާމާނު ވެސް އޭނާ އުޅުނު ކޮޓަރި ތެރޭގައި ހުރިކަމަށް މަޢުލޫމާތު ލިބެއެވެ.

މި ފަތުރުވެރިއާ އެންމެ ފަހުން ފެނިފައި ވަނީ އޭނާ ހުންނަ ގެސްޓުހައުސް އިންނެވެ. އަދި އޭނާ އެ ރަށަށް އައިސްފައި ވަނީ މީގެ ތިން ދުވަސް ކުރިން ކަމަށާއި އައިސް އުޅެނީ ވެސް އެކަނި ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ފަތުރުވެރިއާ ހޯދުމުގެ މަސައްކަތް، ގެސްޓްހައުސްއާއި އުކުޅަހު ކައުންސިލާއި ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!