ޚަބަރު

ލޯކަލް ކައުންސިލް އިންތިހާބުގެ ޕީއެންސީގެ ތަރުޖަމާނަކީ ފިރުޒުލް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އިންތިޚާބީ ތަރުޖަމާނަކަށް މުޙައްމަދު ފިރުޒުލް ހަމަޖައްސަވައިފިއެވެ.

Ads by STELCO

ކައުންސިލް އިންތިޚާބާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް މިއަދު ހަވީރު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި ކައުންސިލް އިންތިޚާބުގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާޙު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ތަރުޖަމާނަށް ފިރުޒުލް ހަމަޖައްސަވާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންތިޚާބީ ރައީސެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ ތަރުޖަމާނަކަށް ވެސް ހުންނެވީ ފިރުޒުލްއެވެ. އަދި ފިރުޒުލް މިހާރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކެރެޓަރީގެ މަޤާމުގައިއެވެ.

Ads by Ooredoo