ޚަބަރު

ކައުންސިލް އިންތިޚާބުގެ ޕީއެންސީ ޕްރައިމަރީ މި މަހުގެ 27ގައި ބާއްވަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޕީއެންސީ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާާހު ވާހަކަ ދައްކަވަނީ

ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރާ ކެނޑިޑޭޓުން ހޮވަން ޕީއެންސީން ބާއްވާ ޕްރައިމަރީ މި މަހުގެ 27ވަނަ ދުވަހު ބާއްވަން އެ ޕާޓީން ނިންމައިފިއެވެ.

Ads by MPL

ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ނަން ހުށަހަޅަން މި މަހުގެ އެކަކުން 15އާ ހަމައަށް އޮތީ ހުޅުވައިލައިފައެވެ.

މިއަދު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕީޖީ ލީޑަރު ވިދާޅުވީ ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރަން ހުޅުވާލުމުން ހޫނު ތަރުހީބެއް ލިބުނު ކަމަށެވެ.

އޭނާ ވިދާޅުވީ ޕްރައިމަރީ ބާއްވަން ޖެހޭ ދާއިރާތަކުގެ އިންތިހާބު މި މަހުގެ 27ވަނަ ދުވަހު ބާއްވާނެ ކަމަށެވެ.

ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާނެ ކަނޑިޑޭޓް އެ ޕާޓީން މިއަދު ވަނީ އިއުލާން ވެސް ކޮށްފައެވެ. އެއީ އެ ޓިކެޓެއް ހަމައެކަނި ކުރިމަތިލެއްވި ނިޝާން އަސްކަރިޔާގެ ވެރިކަމުގެ ޢިއްޒަތް، އަރުވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ ޢަލީ ޖަލީލެވެ

ކައުންސިލް އިންތިހާބަށް ޕީއެންސީގެ ފަރާތުން އިންތިހާބީ ތަރުޖަމާނެއްގެ ގޮތުގައި މުހައްމަދު ފިރުޒުލް މިހާރު ވަނީ ހަމަޖައްސައިފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު، އަންނަ އަހަރުގެ އޭޕްރިލް މަހުގެ 4ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ.