ޚަބަރު

ހުޅުމާލޭގައި ތަރައްޤީ ކުރި "މަސްޖިދުލްއީމާން" އަންނަ ހަފްތާގައި ހުޅުވަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތަކުން ބިނާ ކުރި މިސްކިތް "މަސްޖިދުލްއީމާން" އަންނަ ހަފްތާގައި ހުޅުވުމަށް ނިންމައިފިއެވެ.

Ads by STELCO

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަންނަ ހަފްތާގައި އެ މިސްކިތް ހުޅުވުމަށް ނިންމަވާފައިވާ ކަމަށާއި ފެށޭ އަހަރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު 3 ނުވަތަ 4 މިސްކިތެއް ބިނާކޮށް ނިމޭނެކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މިސްކިތްތަކުގެ ބޮޑު ބައެއް މިހާރު ވެސް ނިމިފައިވާ ކަމަށާއި ފެށޭ އަހަރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ވަގުތީ މިސްކިތްތައް އުވާލެވޭވަރުވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން ރާއްޖޭގެ އެކި ހިސާބުގައި ބިނާކުރަމުންދާ މިސްކިތްތައް ނިންމައި، ހުޅުވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައިއެވެ. މީގެ ތެރެއިން މިހާރު ކުރިއަށްދާ 15 މިސްކިތުގެ މަޝްރޫޢު ހިމެނެއެވެ.

Ads by Allied Insurance