ޚަބަރު

ހުޅުމާލޭގައި ލަގްޒަރީ ހައުސިން ޔުނިޓްތަކެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހުޅުމާލެގެ ޕާކިން ސަރަހަެއްދެއް--

ހުޅުމާލޭގައި ލަގްޒަރީ ހައުސިންގ ޔުނިޓްތަކެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ އެކަމަށް ޝައުގުވެރިކަން ފާޅުކުރުމަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް(އީއޯއައި) ހުށަހެޅުމުގެ ފުރުސަތު އަންނަ ބުދަ ދުވަހާ ހަމައަށް ހުޅުވައިލައިފައިއެވެ.

އެޗްޑީސީން ބުނީ އެ މަޝްރޫއު ހިންގަން ބޮޑަށް ޝައުގުވެރިކަން ހުރީ "ޑިވޮލޮޕްމަންޓް އެންޑް ސޭލްސް ރައިޓްސް" މޮޑެލަކަށް ކަމަށެވެ. އެއީ ހައުސިން ޔުނިޓްތައް ތަރައްގީކޮށް އެ ތަންތަން ވިއްކުމުގެ ބާރު ވެސް ލިބޭ ގޮތަށެވެ.

އެހެން ނަމަވެސް، އެ ނޫން މޮޑެލްއެއްގެ ދަށުން ވެސް އީއޯއައި ހުށަހެޅޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭގައި ކުރިން ވެސް އެކި ފަރާތްތަކުން ލަގްޒަރީ ފްލެޓްތައް ތަރައްގީކޮށްފައިވާއިރު، މިހާރު ވެސް އެކި ފަރާތްތަކުން ދަނީ ލަގްޒަރީ ފްލެޓްތައް އަޅަމުންނެވެ.

ހުޅުމާލޭގައި ލަގްޒަރީ ފްލެޓްތަކަށް ބޮޑު ޑިމާންޑެއް އޮންނަކަން ފާހަގަކޮށްލެވެއެވެ.

ހުޅުމާލޭގައި ކޮމާޝަލް ހައުސިން ޔުނިޓްތަކަށް ވެސް ބޮޑު ޑިމާންޑެއް އޮންނަ އިރު މިފަހަކަށް އައިސް ފްލެޓްތައް ވިއްކާ އަގުތައް ވެސް ވަނީ ބޮޑުކޮށްފައެވެ. އެގޮތުން ކުރިން ދެ މިލިއަނާ ތިން މިލިއަން ރުފިޔާއާ ދެމެދު ހުރި ފްލެޓްތައް، މިހާރު އާންމުކޮށް ވިއްކާ އަގުތައް އުޅެނީ ތިން މިލިއަން ރުފިޔާއިން މަތީގައެވެ.

Ads by Allied Insurance