ޚަބަރު

ހިޔާ ފްލެޓްތަކުގެ ޖޫރިމަނާ މައާފުކޮށްފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ހިޔާ މަޝްރޫއުގެ ފްލެޓްތައް.. ދެން އިމޭޖްސް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކަށް ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައް ސަރުކާރުން މައާފުކޮށްދީފިއެވެ.

ޖޫރިމަނާ މައާފުކޮށްދިންކަން އަންގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑިސީ) އިން ފްލެޓްތަކުގެ ވެރިފަރާތްތަކަށް ފޮނުވި ސިޓީގައި ވަނީ ޖެނުއަރީ 1، 2024 އިން މިއަހަރުގެ ނޮވެމްބަރުގެ މަހުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މައާފުކޮށްފައިވާ ކަމަށެވެ.

ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި މިހާރު ދައްކަން ޖެހެނީ 4984 ރުފިޔާއެވެ. އެއީ ކުލީގެ ގޮތުގައި ކަނޑައަޅާފައިވާ 3984ރ.ގެ އިތުރުން މެއިންޓެނެންސް ފީގެ ގޮތުގައި ދައްކަން ޖެހޭ 1000 ރުފިޔާއެވެ.

މީގެކުރިން 2023 ވަނަ އަހަރު ވެސް ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ ސަރުކާރުން ވަނީ މައާފުކޮށްދީފައެވެ.

Ads by Ooredoo