ޚަބަރު

ހުޅުމާލޭގައި ތަރައްޤީކުރި "މަސްޖިދުލްއީމާން" ހުކުރު ދުވަހު ހުޅުވަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތަކުން ބިނާ ކުރި މިސްކިތް އަންނަ ހުކުރު ދުވަހު ހުޅުވަން ނިންމައިފިއެވެ.

Ads by STELCO

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަސްޖިދުލްއީމާން އަންނަ ހުކުރު ދުވަހު ހުޅުވައި، އެ މިސްކިތުގައި ހުކުރު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަންނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން ރާއްޖޭގެ އެކި ހިސާބުގައި ބިނާކުރަމުންދާ މިސްކިތްތައް ނިންމައި، ހުޅުވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މީގެ ތެރެއިން މިހާރު ކުރިއަށްދާ 15 މިސްކިތުގެ މަޝްރޫޢު ހިމެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!