މިޔުޒިކު ކުޅެގެން ހިތްހަމަ ޖެހުމެއް ލިބޭނެނަމަ އެކަން އެންމެ ބޮޑަށް ހާސިލުވީހީ އަަޅުގަނޑަށް: ޢަލީ ރަމީޒު
މިޔުޒިކު ކުޅެގެން މީހަކަށް ހިތްހަމަ ޖެހުމެއް ލިބޭނެނަމަ އެކަން އެންމެ ބޮޑަށް ހާސިލުވީހީ ޢަލީ ރަމީޒަށް ކަމަށް އޭނާ ބުނެފިއެވެ.
ރާއްޖޭގެ ކުރީގެ އެންމެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ޢަލީ ރަމީޒު ބުނީ މިޔުޒިކު ކުޅެގެން އޭނާއަށް ނުލިބުނު ހިތްހަމަ ޖެހުމެއް އެހެން މީހަކަށް ވެސް ނުލިބޭނޭ ކަމަަށެވެ.
އޭނާގެ މިޔުޒިކީ ޙަޔާތުގެ ހިތި ތަޖުރިބާތައް ހިއްސާ ކުރައްވަމުން ޢަލީ ރަމީޒު ބުނެފައިފައި ވަނީ މިއުޒިކާއި ލަވަ އަޑު އެހުމުން ހިތަށް އެލިބޭކަމަށް މީހުން ބުނާ ހިތްހަމަ ޖެހުމަކީ ވަރަށް ކުޑަކުޑަ ވަގުތީ ކަމެއްކަމަށާއި ހަގީގީ ހިތްހަމަ ޖެހުމަކީ ﷲ ހަނދުމަ ކުރުމުން ލިބޭ ހިތްހަމަ ޖެހުންކަމަށެވެ.
ތ. ހިރިލަންދޫ ގެ ޒުވާނުންނާއެކު އޮންލައިންކޮށް ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ޢަލީ ރަމީޒު ބުނީ މާތް ﷲ ހަނދުމަކުރުމުގެ ހިތްހަމަ ޖެހުމަކީ ދާއިމީ ހިތްހަމަ ޖެހުމެއް ކަމަށާއި ﷲ ހަނދުމަ ކޮށްގެން ލިބޭ ހިތްހަމަ ޖެހުމަކީ ދުލަކުން ޤަލަމަކުން ބަޔާން ކުރެވޭ ވަރަށްވުރެ ވެސް ބޮޑު ހިތްހަމަ ޖެހުމެއްކަމަށެވެ.
"މިއުޒިކަކީ ފުރާނައިގެން ކާނާއޭ ކިޔައިގެން ކިތަންމެ ވަރަކަށް އިޝްތިހާރު ގޮވިނަމަވެސް އެއީ ފުރާނައިގެ ކާނާއެއް ނޫން ، އެއީ ފުރާނައިގެ ހަލާކު. މުޅި މީހާގެ ހަލާކު. މީސްތަކުން ﷲ ގެ ދީނުން ދުރުކުރުމަށްޓަކައި އިސްތިޢުމާލު ކުރެވޭ އެންމެ ވަރުގަދަ އެއް ހަތިޔާރު އެއީ. " ޢަލީ ރަމީޒު ބުނެފައިވެއެވެ.