Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރާއްޖޭގެ ވޮލީބޯޅައިގެ ލެޖެންޑް ، އާދިލް ނިޔާވެއްޖެ

ރާއްޖޭގެ ވޮލީބޯޅައިގެ ލެޖެންޑް ، އާދިލް ނިޔާވެއްޖެ

ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އިބްރާހީމް އާދިލް(ކޮއްކޮ)، ނިޔާވެއްޖެއެވެ.

އާދިލަކީ ވެލެންސިއާއިން ވޮލީބޯޅަ ކުޅުމުގެ ތެރެއަށް ވަދެ، ގިނަ ކުލަބުތަކަށް ކުޅުނު ޒުވާނެކެވެ. އޭނާ ފާހަގަކޮށްލެވެނީ ރާއްޖޭގެ އެންމެ މޮޅު އެއް ބްލޮކަރުގެ ގޮތުގައެވެ. އަދި އޭނާ ވަނީ މެދުނުކެނޑި 20 އަހަރު ޤައުމީ ވޮލީބޯޅަ ޓީމަށް ތަފާތު ގިނަ މުބާރާތްތަކެއްގައި ކުޅެ، ޤައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފައެވެ.

އާދިލަށް ވަނީ ހަވީރު ނޫހުން ހޮވި ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަޤާމު ލިބިފައެވެ. އަދި ރާއްޖޭގައި ބޭއްވި އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގައި ކުލަބު ވެލެންސިއާއަށް ކުޅެ، އާދިލް ވަނީ 2003ވަނަ އަހަރުގެ މުބާރާތުގެ އެންމެ މޮޅު ރިސީވަރުގެ މަގާމު ވެސް ހޯދަައިފައިއެވެ.

Advertisement
Ooredoo — Square (box)

އާދިލް ނިޔާވީ، ދެ އަހަރަށް ވުރެ ގިނަ ދުވަހު ބަލިވެ އުޅުމަށްފަހު، މިރޭގެ ވަގުތެއްގައިއެވެ. އިބްރާހީމް އާދިލަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ލިބަރޯ ކުޅުންތެރިޔާ އަޙުމަދު އަދީލް(ބޭބެ)ގެ ކޮއްކޮއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް