ޚަބަރު

ފުވައްމުލަކުގައި ގާއިމުކުރި މަސްފެކްޓްރީ ހުޅުވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފުވައްމުލަކުގެ މަސް ފެކްޓްރީ ހުޅުވުން--

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ)އިން ފުވައްމުލަކު ސިޓީގައި ގާއިމްކުރި ފިޝް ޕްރޮސެސިން ފެސިލިޓީ ނުވަތަ މަސް ބަންދުކުރާ ފެސިލިޓީ ހުޅުވައިފިއެވެ.

Ads by STELCO

މިއަދު ފުވައްމުލަކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަސް ފެކްޓްރީ ހުޅުވައިދެއްވީ ފިޝަރީޒްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބުއެވެ.

އެ ފެސިލިޓީގެ ސަބަބުން ފުވައްމުލަކު ރައްޔިތުންނަށް ރައްކާތެރި ގޮތުގައި މަސް ބަންދުކޮށް, އިތުބާރު ހިފޭ އުފެއްދުންތަކެއް ލިބި، މަސްވެރިކަމުން އެދެވޭ ނަފާއެއް ހޯދުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށް މިފްކޯއިން ބުންޏެވެ.

ފުވައްމުލަކުގައި ގާއިމް ކުރި މަސް ޕްރޮސެސްކުރާ ފެސިލިޓީން މަރުކަޒުން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ޕްރޮސެސްކޮށްފައި ހުންނަ މަސް ގަންނަން ލިބޭނެ އިންތިޒާމު ވެސް ހަމަޖެހިގެން ދާނެ ކަމަށް މިފްކޯއިން ބުނެއެވެ.

މިދިޔަ އޮގަސްޓު މަހުން ފެށިގެން މިފްކޯއިން ފުވައްމުލަކުން މަސް ގަންނަން ފަށާފައިވާއިރު ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ސީދާ އައްޑޫއަތޮޅުން މަސް އެކްސްޕޯރޓް ކުރުމުގެ މަސައްކަތް ފެށުމަށް ވެސް ތައްޔާރުވަމުންދާ ކަމަށް މިފްކޯއިން ބުންޏެވެ.

މިފްކޯގެ ޖުމްލަ އުފެއްދުންތެރިކަން އިތުރުކުރުމަށް ޓަކައި އަންނަނީ ގިނަ މަސައްކަތްކެއް ކުރަމުންނެވެ. އެގޮތުން މަސް ގަތުމާއި ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ޓަކައި، ސަރުކާރުގެ އެހީތެރިކަމާ އެކު، މަލްޓި ލެޓެރަލް ޑިވޮލޮޕްމަންޓް ފައިނޭންސްގެ އެހީގައި ކެޕޭސިޓީ އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް މިފްކޯއިން ވަނީ ކޮށްފައެވެ.