ޚަބަރު

އައު އަހަރަށް މުނިފޫހިފިލުމުގެ ގިނަ ޙަރަކާތްތަކަކާ އެކު ޚާއްޞަ ފެސްޓިވަލެއް ބާއްވަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

އައު އަހަރަށް މުނިފޫހިފިލުމުގެ ގިނަ ޙަރަކާތްތަކަކާ އެކު "މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް 2025"ގެ ނަމުގައި ޚާއްސަ ފެސްޓިވަލެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

Ads by MPL

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި، ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާ އަދި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ގުޅިގެން ބާއްވާ މި ފެސްޓިވަލް އޮންނާނީ މި ޑިސްމްބަރު މަހުގެ 30ވަނަ ދުވަހުން ފެށިގެން ޖެނުއަރީ 1ގެ ނިޔަލަށެވެ.

ވިސިޓް މޯލްޑިވްސްއިން ބުނީ، މި ފެސްޓިވަލުގައި ހަވާ އެރުވުމާއި، ތަފާތު ސަޤާފީ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށާއި ފުޑް ސްޓޯލްތައް ވެސް ބެހެއްޓިފައި ހުންނާނެ ކަމަށެވެ. އަދި މިދިޔަ އަހަރެކޭ ވެސް އެއްގޮތަށް މިއަހަަރު ވެސް ޑްރޯން ޝޯވއެއް ބޭއްވުމަށް ރާވާފައިވާކަމަށް ވިސިޓް މޯލްޑިވްސްއިން ބުނެއެވެ.

މީގެ އިތުރުން މި ފެސްޓިވަލް އިންތިޒާމްކޮށް ރާވައި ހިންގާ ފަރާތްތައް ވަނީ މި ހަރަކާތުގައި އެ ފަރާތްތަކާއެކު ޕާޓްނަރޝިޕް ޤާއިމްކޮށް ސްޕޮންސަރ ކުރުމުގެ ފުރުސަތުތައް ވެސް ހުޅުވާލާފައެވެ.

Ads by Ooredoo