ޚަބަރު

ވެހިކަލް ރަޖިސްޓްރީއަށް ބޭނުންވާ ގަރާޖު ހުއްދަ ހޯދުމަށް ލުއިދޭން ނިންމައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އެއްގަމު އުޅަނދުތައް ރަޖިސްޓްރީ ހެއްދުމަށް ބޭނުންވާ ގަރާޖު ހުއްދަ ނެގުމުގައި ލުއިތަކެއްދޭން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ބުނީ، ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދުގެ ރަޖިސްޓްރޭޝަން މަރުހަލާގައި މިހާރު މާލެ ސިޓީ ކައުންސިލް އަދި އެޗްޑީސީއިން ދޫކުރަމުންދާ އުޅަނދު ގަރާޖުކުރުމުގެ ހުއްދަ، އުޅަނދު ރަޖިސްޓްރީ ކުރުމުގައި ބޭނުން ނުވާނެ ކަމަށެވެ.

މީގެ އިތުރުން އުޅަނދު ރަޖިސްޓްރީ ކުރުމަށް ޓަކައި ހުށަހަޅަން ޖެހޭނީ އުޅަނދު ބޭއްވުމަށް ބޭނުންކުރާ ތަނަކީ ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ތަނެއްކަން އަންގައިދޭ ލިޔުމަކާއި ގަރާޖުގައި އުޅަނދު ބޭއްވުމާ މެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މި ނިންމުމަށް އަމަލު ކުރާން ފަށާނީ 2026 ޖަނަވަރީ 1ވަނަ ދުވަހުން ފެށިގެން ކަމަށް ވެސް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

Ads by Allied Insurance