ޚަބަރު

ހަ މަސް ދުވަހުގެ މުއްދަތެއް ނެތްނަމަ ވީހައި ވެސް އަވަހަށް ޕާސްޕޯޓު އައުކުރުމަށް އިލްތިމާސްކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ޕާސްޕޯޓުގެ މުއްދަތު ހަމަވާން ހަ މަސް ދުވަހުގެ މުއްދަތެއް ނެތް ނަމަ، ވީހައި ވެސް އަވަހަށް ޕާސްޕޯޓު އައު ކުރުމަށް އިމިގްރޭޝަނުން މިއަދު އިލްތިމާސްކޮށްފިއެވެ.

Ads by STELCO

އިމިގްރޭޝަނުން އެކަމަށް އިލްތިމާސްކުރީ ސްކޫލް ބަންދާ ދިމާކޮށް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ގިނަ އަދަދެއްގެ ފަރާތްތަކުން ޕާސްޕޯޓު ހެއްދުމަށް ހުށަހަޅަމުންދާކަން ފާހަގަކުރަމުންނެވެ.

ޕާސްޕޯޓުގައި 6 މަސް ދުވަހުގެ މުއްދަތެއް ނެތް ނަމަ، ވީހާވެސް އަވަހަށް ޕާސްޕޯޓު އައު ކުރުމަށް އިމިގްރޭޝަނުން އެދުނުއިރު އަންނަ މަހުން ފެށިގެން ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ 6 މަސްކުރިން އެފަރާތެއްގެ ފޯނަށް އެކަން ހަނދާންކޮށްދިނުމަށް މެސެޖެއް ފޮނުވުމުގެ މަސައްކަތް އިމިގްރޭޝަނުން އަންނަނީ ކުރަމުންނެވެ. އަދި އެ މެސެޖާ އެކު ޕާސްޕާޓު އައު ކުރުމަށް ބޭނުންވާ އެޕްލިކޭޝަން ލިންކު ވެސް ފޮނުވާނެ ކަމަށް އިދާރާއިން ވަނީ ބުނެފައެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް، އަންނަ މަހުން ފެށިގެން ޕާސްޕޯޓަށް ހުށަހަޅާތާ 24 ގަޑިއިރުތެރޭ ޕާސްޕޯޓު ލިބޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށް ކޮންޓްރޯލަރު ޖެނެރަލް އޮފް އިމިގްރޭޝަން ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!