ޚަބަރު

ޑުރަގާއެކު ހައްޔަރުކުރި ފުލުސް މީހާގެ މައްސަލަ އިންޓެގްރިޓީ ކޮމިޝަންއިން ބަލަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ޑުރަގާއެކު ހައްޔަރުކުރި ފުލުސް މީހާގެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން(އެންއައިސީ)އިން ބަލަން ނިންމައިފި އެވެ.

Ads by STELCO

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ހިންގި އޮޕަރޭޝަނުގައި ތ. ވަންދޫގެ ބަނދަރުމަތިން ހައްޔަރުކުރި ފުލުހަކީ ދިލާސާގެ / ތ. ހިރިލަންދޫ، މުހައްމަދު ނަވާޒް (25އ)އެވެ.

އެ މައްސަލައާ ގުޅިގެން ނަވާޒްއާއި އޭނާ ގެންގުޅުނު ތަކެތި ބަލައިފާސްކުރި އިރު އޭނާއަތުގައި އޮތް ބެއާއެއް ބެލިބެލުމުން ފަހާފައިހުރި ކަމަށް ފާހަގަކުރެވިގެން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 5 ރަބަރު ޕެކެޓް ފެނިފައިވެއެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފައެވެ. އޭނަ މިހާރު ހުރީ 10 ދުވަހަށް ބަންދުވެސްކޮށްފަ އެވެ.

އެންއައިސީން މިރޭ ނެރުނު ބަޔާނުގައި ބުނީ ނަވާޒް ގަނޫނާއި ގަވައިދާއި  އުސޫލުތަކާ ހިލާފަށް އަމަލެއް ހިންގާފައިވޭތޯ ބެލުމަށް އެންއައިސީގެ ގާނޫނާ އެއްގޮތަށް އަމިއްލައަށް އިސްނަގައިގެން ފުރިހަމަ ތަހުގީގެއް ހިންގަން ނިންމާފައިވާ ކަމަށެވެ.

Ads by Allied Insurance