ޚަބަރު

ބަންކަރިންގެ ހިދުމަތުން 282 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ވޯޓާ ބަންކަރިންއަށް މިހާރު ބޭނުންކުރާ ބާޖު--

ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ފެށިފަހުން މިހައިތަނަށް 282 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by STELCO

ބަންކަރިންގެ ހިދުމަތް ރާއްޖޭގައި ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ, ބަންކަރިންގެ ހިދުމަތް ހުއްޓައިނުލާ ކަމަށާއި އެ ހިދުމަތުގެ މުސްތަގުބަލު ކުރިއަށް އޮތީ ކަމަށެވެ.

އެގޮތުން އެ ހިދުމަތް ފެށިފަހުން މިހައިތަނަށް 282 މިލިއަން ރުފިޔާގެ އާމްދަނީއާ އެކު 24 މިލިއަން ރުފިޔާ ޓެކުހުގެ ގޮތުގައި ލިބިފައިވާކަަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ބަންކަރިންއާ ގުޅިފައިވާ އެހެން ހިދުމަތްތައް ދިނުމަށްޓަކައި ރާއްޖެގެ އުތުރުން ދަތުރުކުރާ ބޯޓުފަހަރަށް މެރިޓައިމް ހިދުމަތްތައް ދެވޭ އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް ހއ. އުލިގަމުގައި ވަނީ ގާއިމުކޮށްފައެވެ.

ރާއްޖޭގެ އެންމެ އުތުރުގައިވާ އިހަވަންދިއްޕޮޅު އަތޮޅު ހިމެނޭ ސަރަހައްދަކީ ދުނިޔޭގެ އެއް ބިތުން އަނެއް ބިތަށް މުދާ އުފުލައިގެން ހުރަސްކުރާ ސްޓްރެޓެޖިކް ހާއްސަ ސަރަހައްދެކެވެ. ކޮންމެ ދުވަހަކު 200އަށް ވުރެ ގިނަ އުޅަނދު އެ ސަރަހައްދުން ދަތުރުކުރެއެވެ. އާގު ބޯޓުތައް ވެސް ހިމެނޭ ގޮތަށް އެ ސަރަހައްދުން ދަތުރުކުރާ ބޯޓުފަހަރުތަކުން އެތައް ބިލިއަން ޑޮލަރުގެ މުދުާ ކޮންޓެއިނަރުތަކުގައި އުފުލައެވެ. އެހެންވެ އެ ސަރަހައްދުގައި ބަންކަރިންގެ ހިދުމަތް ދިނުމަކީ ވަރަށް ފައިދާހުރި ކަމެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!