ޚަބަރު

ފަރެސްމާތޮޑާގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފަރެސް މާތޮޑާގެ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކުރުން--

ގދ. ފަރެސްމާތޮޑާގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

Ads by STELCO

މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފައެވެ.

އެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދުއެވެ. އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުއެވެ.

އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 143 މިލިއަން ރުފިޔާއަށް 270 ދުވަހުން ނިންމާ ގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން 18 ހެކްޓަރުގެ ބިން ހިއްކައި 620 މީޓަރުގެ ސަރަަހައްދެއްގައި ރިވެޓްމަންޓް ވެސް ޖަހާނެއެވެ.

ބޯހިޔާވަހިކަމަށް ޖެހިފައިވާ ފަރެސްމާތޮޑާގެ ބިން ހިއްކުމުން ބޯހިޔާވަހިކަމަށް ހައްލެއް އަންނާނެ ކަމަށާއި އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިމުމުން އުދައެރުމުގެ މައްސަލައަށް ވެސް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!