ޚަބަރު

ހުޅުމާލެ ފޭސް ދޭއްގައި އަލަށް އިމާރާތްކުރި "މަސްޖިދުލްއީމާން" ހުޅުވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފޭަސް ދޭއްގައި ހުޅުވި މަސްޖިދުލް އީމާން--

ހުޅުމާލެ ފޭސް ދޭއްގައި އަލަށް އިމާރާތްކުރި، "މަސްޖިދުލްއީމާން" މިއަދު ހުޅުވައިފި އެވެ.

މަސްޖިދުލް އީމާން ރަސްމީކޮށް ހުޅުވީ މިއަދު ހުކުރު ނަމާދަށް ފަހުއެވެ.

އެމިސްކިތުގައި ކުރެވުނު ފުރަތަމަ ހުކުރު ނަމާދު، އިމާމުވެ ކުރެއްވީ ޒުވާން ޚަތީބު އަލް ހާފިޒު އުވައިސް ބިން އިނާޒެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިއީ 1200 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެއް ކަމަށެވެ.

ތިން ފަންގިފިލާ ހުންނަ އެ މިސްކިތަކީ އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައިި ބިނާކުރި މިސްކިތެއް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ދެވަނަ ފިޔަވައްސަކީ ހުޅުމާލޭގައި އެންމެ އާބާދީ ބޮޑު ހިސާބެވެ. އެ ސަރަހައްދުގައި އިތުރު މިސްކިތްތައް އަޅަން ސަރުކާރުން ވަނީ ނިންމާފައެވެ.

Ads by Allied Insurance