ޚަބަރު

ކުޅުދުއްފުށި ސިޓީގައި މިރޭ ހަވާ އަރުވަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އަރުވަނީ.. ފޮޓޯ: ސަން މީޑީޔާ

ކުޅުދުއްފުށި ސިޓީގައި މިރޭ ހަވާ އަރުވާނެ ކަމަށް ޤައުމީ ދިފާއީ ބާރުން ބުނެފިއެވެ.

ޤައުމީ ދިފާއީ ބާރުން ބުނީ މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ 21:30އާއި 22:00އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 5މިނެޓުގެ ދިގުމިނަކަށް ކަމަށް ވެސް އެ ފަރާތުން ބުނެފައި ވެއެވެ.

ދިފާއީ ބާރުން ބުނީ މިއީ ކުޅުދުއްފުށި ސިޓީ ބޯޒިޔާރަތް ބީޗް ހުޅުވުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތުގައި ސިފައިންގެ ކޯޕަރޭޓިވްއިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.