ގިރާވަރުފަޅުން ދޭން ނިންމި 1،114 ގޯތި ގުޅިފަޅަށް ބަދަލުކުރަނީ
ބިންވެރިޔާ ސްކީމުގެ ދަށުން، ގިރާވަރުފަޅުން ދޭން ނިންމައިފައިވާ 1،114 ގޯތި، ގުޅިފަޅަށް ބަދަލުކުރުމަށް ނިންމައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު، ޑރ. އަބްފުالله މުއްތަލިބް ވިދާޅުވީ މިދިޔަ ސަރުކާރުން ގިރާވަރުފަޅުން 5،186 ގޯތި ދޭން ނިންމައިފައިވާ ކަމަށެވެ. އެއީ 170 ހެކްޓަރުގެ ބިމެވެ.
ނަމަވެސް އެ ތަނުން އެހައި ގިނަ އަދަދަށް ގޯތި ދީގެން، ދިރިއުޅުމަށް އެންމެ އެކަށީގެންވާ މާހައުލެއް ގާއިމުކުރެވޭނެ ކަމަށް ގަބޫލުނުކުރެވޭތީ، އޭގެ ތެރެއިން 1،114 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމައިފައިވާ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
އެހެންކަމުން ބާކީ އޮތް 4،702 ގޯތި ދިނުމަށް ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް، ގެޒެޓްކުރުމުގެ މަރުހަލާ މިހާރު ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކުރުމަށް ހުޅުމާލެ ފޭސް 3 ވެސް މިހާރު ދަނީ ހިއްކަމުންނެވެ. އެ މަޝްރޫއު ނިމުމާ އެކު އަންނަ ޖެނުވަރީ މަސް ނިމުމުގެ ކުރިން ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށާނެކަމަށް ވެސް މުއްތަލިބް ވިދާޅުވިއެވެ.

