ޚަބަރު

އޮންލައިންކޮށް ކެންޑިޑޭޓު ފޯމު ހުށަހެޅުމުގެ މައުލޫމާތު ޕާޓީތަކާ ހިއްސާކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

އަންނަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބަށް އޮންލައިންކޮށް ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ މައުލޫމާތު ސިޔާސީ ޕާޓީތަކަށް ދީފިއެވެ.

Ads by STELCO

އެ ބައްދަލުވުމުގައި ބައިވެރިވީ ވެރިކަންކުރާ ޕީއެންސީ އާއި، އިދިކޮޅު އެމްޑީޕީގެ އިތުރުން، އަދާލަތު ޕާޓީ އަދި އެމްޑީއޭއެވެ.

ސިޔާސީ ޕާޓީތައް ތަމްސީލުކުރާ ކެންޑިޑޭޓުން އެންޑޯޒްކުރުމަށް ޕާޓިތަކުން އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

އަދި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ދުރާލައި ކުށާއި ދަރަނީގެ ރެކޯޑު ސާފުކޮށްދިނުމަށް އެދި ސިޔާސީ ޕާޓީތަކުން ބާރުއަޅައިދިނުމަށް އީސީން އެދުނެވެ.

އިންތިޚާބަށް ކުރިމަތިލުމަށް އެދި އޮންލައިންކޮށް ފޯމު ހުށަހެޅުމާ ގުޅޭގޮތުން ޢާންމުން ޙޭލުންތެރިކުރުވުމަށް ސިޔާސީ ޕާޓީތަކާއި، އެ ކޮމިޝަނާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށް އީސީން ބުންޏެވެ.

Ads by HDC