ބަނގުރަލުގެ ވިޔަފާރިކުރާ ނޭޕާލުގެ ގުރޫޕެއް ހައްޔަރުކޮށްފި
މާލޭގައި ބަނގުރަލުގެ ވިޔަފާރިކޮށް، އެ ބޭނުންކުރާކަމުގެ ތުހުމަތުގައި ނޭޕާލަށް ނިސްބަތްވާ 6 މީހުންގެ ގުރޫޕެއް ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި ހަ މީހުން ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި ޑިސެމްބަރު މަހުގެ 28ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކަމަށެވެ. އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަންގައި މާފަންނުގައި ހުރި ކެފޭއަކާއި ގެއެއް ބަލައިފާސްކޮށް، ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 21 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޗައުދަރީ ސްރެންދްރަ (43އ)، ސުގަންދަ ކުމާރު ޗައުދަރީ (28އ)، ޗައުދަރީ (24އ)، މަކަރް ބަހާދުރް ޓަމަންގް (27އ)، ބިޝްވަނާތް ޗައުދަރީ (37އ)ގެ އިތުރުން ރަމްރި މާޔާ ވައިބާ (27އ)އެވެ. މި އެންމެން ވެސް ވަނީ ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ޑްރަގް އެންފޯސްމަންޓުން ގެންދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

