ގުޅިގެން މަސައްކަތްކުރަން އިސްލާމިކް މިނިސްޓްރީއާއި މައުމޫން ފައުންޑޭޝަންއާ ދެމެދު ފަހުމުނާމާއެއް
ގުޅިގެން މަސައްކަތްކުރަން އިސްލާމިކް މިނިސްޓްރީއާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިންގަވަމުންދާ މައުމޫން ފައުންޑޭޝަންއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެ ފަހުމުނާމާގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. އަދި މައުމޫން ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ މައުމޫން ފައުންޑޭޝަންގެ ޗެއާމަން ރައީސް މައުމޫންއެވެ.
އެ ފަހުމުނާމާއަކީ އިސްލާމިކް މިނިސްޓްރީއާއި މައުމޫން ފައުންޑޭޝަން ގުޅިގެން ކުރިއަށް އޮތްތާ މަސައްކަތް ކުރުމަށް ސޮއިކުރެވުނު ފަހުމުނާމާއެކެވެ.
މީގެ ކުރިން ވެސް އިސްލާމިކް މިނިސްޓްރީއާއި އެ ފައުންޑޭޝަން ގުޅިގެން ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.
މައުމޫން ފައުންޑޭޝަންއިން ދަނީ ރޯދަ މަހު ހާއްސަކޮށް ދީނީ ޕްރޮގްރާމްތައް ވެސް ހިންގަމުންނެވެ.

