ޚަބަރު

ސިއްހީ މަރުކަޒުތަކުން ދެވޭ ހިދުމަތްތައް ހަރުދާނާކުރުމަށް އާ ސޮފްޓްވެއާތަކެއް ތައާރަފްކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ސިއްހީ މަރުކަޒުތަކުން ދެވޭ ހިދުމަތްތައް ހަރުދާނާކުރުމަށް އާ ސޮފްޓްވެއާތަކެއް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ސިއްހީ މަރުކަޒުތަކުން ދެވޭ ހިދުމަތްތައް ހަރުދާނާކުރުމަށް އާ ސޮފްޓްވެއާތަކެއް ތައާރަފްކޮށްފިއެވެ.

Ads by STELCO

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސްޕްޓްވެއާތައް ލޯންޗްކޮށްދެއްވީ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.

ލޯންޗުކުރި ސޮފްޓުވެއާގެ ތެރޭގައި ހިމެނެނީ، އެކި ކަންކަމާ ގުޅިގެން ޓެކްނިކަލް ސަޕޯޓް ނުވަތަ އެހެނިހެން ސަޕޯޓް ހޯދުމަށް ހެލްތު މިނިސްޓްރީއާ ކުރެވޭ މުއާމަލާތްތައް ޑިޖިޓަލްކޮށް ޓްރެކް ކުރުމާއި، ހެލްތު ސެންޓަރު ތަކުގެ މެޑިކަލް ސްޓޮކް އަދި ބޭހުގެ ސްޓޮކް ޑިޖިޓަލްކޮށް ރިއަލް ޓައިމްގައި ބެލެހެއްޓުމާއި، އިންސާނީ ވަސީލަތްތައް މެނޭޖް ކުރުމަށް ބޭނުންވާ އެޗްއާރު ސޮފްޓްވެއާއި، ހެލްތު މިނިސްޓްރީއާ ހިއްސާ ކުރަންޖެހޭ ލިޔެކިޔުންތައް ޑިޖިޓަލްކޮށް ހިއްސާކޮށް ޓްރެކް ކުރުމަށް ބޭނުންވާ ޑިޖިޓަލް ޓޫލްސްގެ އިތުރުން ސިއްހީ ހިދުމަތް ހަރުދަނާކޮށް ޑިޖިޓަލް ކުރުމަށް ބޭނުންވާ އިތުރު ޓޫލްސްތައް ހިމެނޭ ސޮފްޓްވެއާތަކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޮކްޓޫބަރު މަހު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަށް ހެލްތާއި ފިނޭންސް މިނިސްޓްރީއާ ސީދާ މުއާމަލާތް ކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އެއާ އެކު ކުރިން ހިދުމަތް ހޯދުމުގައި ހުރި ލޭޔަރުތައް ނެތި، އެތައް ކަމެއްގައި ފަސޭހަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Ads by Ooredoo