Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މޯލްޑިވިއަނުން އަނެއްކާ ވެސް ބަނގްލަދޭޝަށް ދަތުރުތައް ފަށަނީ

މޯލްޑިވިއަނުން އަނެއްކާ ވެސް ބަނގްލަދޭޝަށް ދަތުރުތައް ފަށަނީ

ޤައުމީ އެއަރލައިން, މޯލްޑިވިއަނުން އަނެއްކާ ވެސް މާލެއާއި ބަންގްލަދޭޝްއާ ދެމެދު ކުރާ ސީދާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

މޯލްޑިވިއަނުން ބުނީ ބަނގްލަދޭޝްގެ ޑާކާއަށް އަނެއްކާ ވެސް ދަތުރުތައް ފަށަން ނިންމީ ދިވެހީންގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ބަނގްލަދޭޝްގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުހީބަށް ބަލައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ކަމަށެވެ. އަދި މި ދަތުރުތައް އަންނަ މަރޗްމަހުގެ 12ވަނަ ދުވަހު ފަަށާނެކަމަށް ވެސް އެ އެއަރލައިނުން ބުނެފައި ވެއެވެ.

އަލަށް ފަށާ ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފްތާއެއްގެ އާދީއްތަ އަދި ބުރާސްފަތި ދުވަހުއެވެ.
މި ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގަކީ 399 ޑޮލަރެވެ. ޓިކެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވިއަންގެ ވެބްސައިޓް، މޯބައިލް އެޕްލިކޭޝަން ނުވަތަ ކޯލް ސެންޓަރުގެ ނަންބަރު 1671އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް ވެސް މޯލްޑިވިއަނުން ބުނެއެވެ.

Advertisement
Ooredoo — Truecaller (box)

މޯލްޑިވިއަންއިން ކުރިން ބަނގްލަދޭޝްއަށް ކުރަމުން ދިޔަ ދަތުރުތައް ހުއްޓައިލައިފައި ވަނީ އެ ގައުމުގައި ސިޔާސީ ހަލަބޮލިކަން ބޮޑުވެ ރައްޔިތުން މަގު މައްޗަށް ނިކުމެ ކުރަން ފެށި މުޒާހަރާގެ ސަބަބުންނެވެ. އެ މުޒާހަރާތައް ހޫނުވެ، އެންމެ ފަހުން އެ ގައުމުގެ ވެރިކަން ވަނީ ބަދަލުކޮށްފައެވެ. ބޮޑުވަޒީރު ޝައިޚް ހަސީނާ ގައުމު ދޫކުރައްވައި ފިއްލަވައި އިންޑިއާއަށް ވަޑައިގެން މިހާރު ދިރިއުޅުއްވަނީ އެ ގައުމުގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް