ޙައްޖު ކޯޕަރޭޝަންގެ އައު ވެބްސައިޓް އިފްތިތާޙްކޮށްފިއެވެ.
އެ ކޯޕަރޭޝަންގެ އައު ވެބްސައިޓަކީ hajj.mv އެވެ.
ޙައްޖު ކޯޕަރޭޝަނުން ބުނީ އައު ވެބްސައިޓް ތަޢާރަފްކުރުމުގެ ބޭނުމަކީ ޚިދުމަތް ފޯރުކޮށްދިނުމުގައި އާންމުންނަށް އިތުރަށް ލުއިފަސޭހަކަން ހޯދައިދިނުން ކަމަށެވެ. އެ ގޮތުން އައު ވެބްސައިޓުން ފަހެލި ޕޯޓަލް މެދުވެރިކޮށް ޚިދުމަތްތަކަށް ރަޖިސްޓްރީވުމާއި އޮންލައިންކޮށް ފައިސާ ދެއްކުމުގެ އިތުރުން ފައިސާ ދެއްކިފައިވާ މިންވަރު ބެލޭނެ އިންތިޒާމް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ހައްޖުގެ ޖާގަ ލިބިފައިވާ ހިސާބު ބަލައިލެވޭނެ ގޮތް ވެސް މި ވެބްސައިޓުން ލިބިދެއެވެ.
ހަމަ އެހެންމެ، ޙައްޖާއި އުމްރާއާ ގުޅޭ މަޢުލޫމާތު އައު ވެބްސައިޓުން ވެސް ލިބެއެވެ.
ޙައްޖާއި އުމްރާގެ ކަންކަން ބަލަހައްޓާ، ދައުލަތުގެ ކުންފުނި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން އުފެދުނު ފަހުން އެ ކުންފުނިން ދަނީ ޙައްޖާއި ޢުމްރާގެ ރަނގަޅު ޚިދުމަތްތަކެއްދީ އާންމުގެ އިތުބާރު ހޯދަމުންނެވެ.

