Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޕީއެންސީއަށް މަސްދުވަހުން 5،383 މެންބަރުން ސޮއިކޮށްފި

ޕީއެންސީއަށް މަސްދުވަހުން 5،383 މެންބަރުން ސޮއިކޮށްފި
ސަރުކާރު ހިންގާ ޕީއެންސީއަށް މަސް ދުވަސްތެރޭގައި 5،383 މެންބަރުން އިތުރުވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އީސީއިން ރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޑިސެމްބަރު މަހުގެ 31ވަނަ ދުވަހާ ހަމައަށް ޕީއެންސީގައި ޖުމްލަ މެންބަރުންގެ ގޮތުގައި ތިބީ 74،048 މެންބަރުންނެވެ. ނަމަވެސް ޑިސެމްބަރު މަހުގެ 4ވަނަ ދުވަހު ދައުލަތުން ސިޔާސީ ޕާޓީތަކާ ދޭ ފައިސާގެ އަދަދުތައް އީސީން އާންމުކުރިއިރު ނޮވެމްބަރު 25ވަނަ ދުވަހާ ހަމައަށް އެ ޕާޓީގައި ތިބީ 68،665 މެންބަރުންނެވެ. އެހެންކަމުން އެ މުއްދަތުގައި 5،383 މެންބަރުން ވަނީ އިތުރުވެފައެވެ. އީސީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި 2ވަނައަށް އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު އެމްޑީޕީގައެވެ. އެ ޕާޓީގައި މިވަގުތު ތިބީ 43،784 މެންބަރުންނެވެ. އީސީއިން އާންމުކޮށްފައިވާ ގޮތުގައި؛
  • ޖޭޕީ: 12،343 މެންބަރުން
  • އެމްޑީއޭ: 9،686 މެންބަރުން
  • އަދާލަތު ޕާޓީ: 8،267 މެންބަރުން
  • އެމްއެންޕީ: 5،133 މެންބަރުން
  • ޕީއެންއެފް: 3،012 މެންބަރުން
  • ދަ ޑިމޮކްރެޓްސް: 2،952 މެންބަރުން
  • ލޭބާ ޕާޓީ: 1،710 މެންބަރުން

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް