ޚަބަރު

ފުލުހެއްގައި ގައިގައި ޖަހައި މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ފުލުހެއްގައި ގައިގައި ޖަހައި މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފިއެވެ.

Ads by STELCO

ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ނ. މާފަރު/ ވައިމަތީގެ، އަލީ ރިއުސާން(40އ.)އެވެ.

ބަންދު އަމަރުގައި ބުނެފައިވާގޮތުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރިއުސާން 10 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުވެސް ނެރެފައެވެ.

ކުށުގެ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައި ވެއެވެ.

ރިއުސާންއަކީ ހައްޔަރާއި ބަންދު އަމުރުގެ ރެކޯޑް އޮތް ފަރާތެއް ކަމަށާއި އަދި ކުށް ތަކުރާރުކުރުމުގެ އިހުމާލު މަތީ ދަރަޖައަކަށް އޮތް ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައި ވެއެވެ.

ހެރޮއިންއާއި ޑައިމޯފިން ވެސް ބޭނުންކުރާކަމަށް ކުރިން އިއުތިރާފްވެފައިވާ ރިއުސާންގެ މައްޗަށް ޑައިމޯފިން ބޭނުންކުރުމުގެ ދައުވާ ޑުރަގު ކޯޓުން ކުރިން ކޮށްފައި ވެސް ވެއެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ފަރުވާ ނެގުމަށް ހުކުމްކުރި އިރު ފަރުވާދޭ މަރުކަޒަށް އެއްބާރުލުން ނުދީގެން 10 ދުވަހަށް ޖަލަށް ވެސް ލިއެވެ.

Ads by HDC