Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އުމްރާއަށް ގޮސް އުޅެނިކޮށް އެޑްމިޓްކުރި ބަލި މީހެއް ރާއްޖެ ގެންނަން ސަރުކާރުން އެހީވަނީ

އުމްރާއަށް ގޮސް އުޅެނިކޮށް އެޑްމިޓްކުރި ބަލި މީހެއް ރާއްޖެ ގެންނަން ސަރުކާރުން އެހީވަނީ

އުމްރާއަށް ގޮސް އުޅެނިކޮށް އެޑްމިޓްކުރި ބަލި މީހެއް ރާއްޖެ ގެންނަން ސަރުކާރުން އެހީތެރިވެދިނުމުގެ މަސައްކަތް ފަށައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ވިދާޅުވީ މި ހިނގާ ސްކޫލު ބަންދު ޗުއްޓީގައި 7000އަށް ވުރެ ގިނަ ދިވެހީން އުމްރާއަށް ދިޔަ ކަމަށެވެ. އަދި ޖުމްލަކޮށް އެ އެންމެންގެ ހާލު ވެސް ރަނގަޅުކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެހެން ނަމަވެސް މި ފަހަރު އުމްރާއަށް ގޮސްގެން އުޅޭ މީހުންގެ ތެރެއިން އެޑްމިޓްކޮށްފައިވާ ބަލި މީހެއް ރާއްޖެ ގެނައުމުގެ މަސައްކަތް އާއިލާއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

"އިންޝާ ﷲ ، ބަލިމީހާ މި މަހު 10ގައި މާލެ ގެނެވޭނެ. މިކަމުގައި މޯލްޑިވިއަންނާއި އައިޖީއެމްއެޗުން ދެއްވަމުންގެންދަވާ އެއްބާރު ލެއްވުމަށް ޝުކުރު ދަންނަވަން." މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް