ޚަބަރު

އެޗްއާރުސީއެމްގެ ރައީސްކަމަށް ރަމީލާ އައްޔަންކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޑރ. ރަމީލާއާ އެޗްއާރްސީމްގެ މެންބަރު ކަމުގެ ލިޔުން ހަވާލުކުރައްވަނީ --

ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ރައީސްކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު، ޑރ. އައިޝަތު ރަމީލާ މިއަދު އައްޔަންކުރައްވައިފިއެވެ.

Ads by STELCO

އެ މަގާމަށް ރަމީލާ އައްޔަންކުރަން ރުހުން ހޯދަން މަޖިލީހަށް ހުށަހެޅީ އިއްޔެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައެވެ. އަދި މަޖިލީހުގެ އަގުލަބިއްޔަތުން އެ މަގާމަށް ރަމީލާ އައްޔަންކުރަން އޮތީ ފާސް ވެސް ކޮށްފައެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ މަގާމަށް ރަމީލާ އައްޔަނުކޮށް މަގާމުގެ ލިޔުން ވެސް ހަވާލުކޮށްފައިވާ ކަމަށެވެ.

ރަމީލާއަކީ މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ މިނިސްޓަރެވެ. އެހެން ނަމަވެސް ކެންސަރުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދެވުމަށް ގިނަ ވަގުތު ހުސްކުރައްވަން ޖެހިވަޑައިގަތުމާ އެކު ރަމީލާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އެ ފަހުން އެޗްއާރްސީއެމްގެ މެންބަރު ކަމަށް ރަމީލާ އައްޔަން ކުރެވުނީ މިދިޔަ ޑިސެމްބަރު މަހުގެ 3ވަނަ ދުވަހުއެވެ.

ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަަމަށް އައްޔަންކުރެއްވީ، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މަރިޔަމް މުނާގެ މަގާމުގެ މުއްދަތު ހަމަވުމުންނެވެ.

Ads by HDC