ދިވެހި ޓިކްޓޮކް ތަރި އަމްޖޫ ކުއްލިގޮތަކަށް ނިޔާވެއްޖެ
ދިވެހި ޓިކްޓޮކް ތަރި އަމްޖަދު (އަމްޖޫ) ކުއްލިގޮތަކަށް މިއަދު ނިޔާވެއްޖެއެވެ.
"ދެން"އަށް އެނގިފައިވާ ގޮތުން އަމްޖޫ މިއަދު އައިޖީއެމްއެޗްއަށް ގެންދިޔައީ ތިލަފުށީގައި އުޅެނިކޮށް ހަަބަރު ހުސްވެގެން ވެއްޓިގެންނެވެ. އަދި މިހާރު އަމްޖޫ ނިޔާވެފައިވާކަން އައިޖީއެމްއެޗްއިން "ދެން"އަށް ވަނީ ކަށަވަރުކުރެވިފައެވެ.
އަމްޖޫއަކީ ޓިކްޓޮކްގައި ދިވެހީންގެ ތެރޭގައި މަގުބޫލު މީހެކެވެ. އޭނާ ކައިވެނިކޮށްގެން އުޅެނީ ވެސް ދިވެހި ޓިކްޓޮކްގައި މަޝްހޫރު ހަބީބާއާއެވެ.
ފަހަކަށް އައިސް އަނެއްކާ ވެސް ކުއްލި މަރުތައް ރާއްޖޭގައި ވަނީ ގިނަވެފައެވެ. އެގޮތުން ރާއްޖޭގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު އަބްދުލް ފައްތާހު ވެސް މިދިޔަ މަހުގެ 30ވަނަ ދުވަހުގެ ރޭ ވަނީ ނިޔާވެފައެވެ.
Ads by HDC

