ފޭދޫން ގެއްލިގެން ހޯދަމުން ދިޔަ އަންހެންމީހާ ފެނިއްޖެ
އައްޑޫ ސިޓީ ފޭދޫން ގެއްލިގެން ހޯދަމުން ދިޔަ އަންހެންމީހާ ފެނިއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ގެއްލިގެން ހޯދަމުންދަނީ ސ. ފޭދޫ، ހަމްދަރުދީގެ / ޙައްވާ ރާއިދާ މުނީރު (19އ) ކަމަށާއި އޭނާ ގެއްލިގެން ޢާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު މެންދުރު 14:52 އެހާއިރު ކަމަށެވެ.
ރާއިދާ މިހާރު ފެނިފައިވާ ކަމަށާއި އޭނާ ފެނިފައި ވަނީ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ އާންމު ރައްޔިތުންގެ ބަޔަކަށް ކަމަށް ވެސް ފުލުހުން މަޢުލޫމާތުދެއެވެ.
ޙައްވާ ރާއިދާ ފެނުނީ ކޮންތާކުން ކަމެއް އަދި ކޮން އިރަކު ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި އޭނާ ފެނުނުއިރު އޭނާގެ ޙާލަތެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.

