ލައިފްސްޓައިލް

އަވަހަށް ތުނބުޅި ފަޅުވަން ކާންވީ ކޯއްޗެއް؟

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން

ބައެއް ފިރިހެނުންގެ ތުނބުޅި ފެޅުވުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ސަބަބުތަކުގެ ތެރޭގައި މަދުން އިސްތަށި ހުރުމާއި އިސްތަށި ވެރުން ހިމެނެއެވެ. ތުނބުޅި ފެޅުވުމާއި އަދި އިސްތަށި ބޯކޮށް ފެޅުމަށް ބައެއް މޭވާއަކީ މުހިންމު ރޯލެއް ކުޅޭ އެއްޗެއް އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ މޭވާއަކީ އިސްތަށި ފެޅުވުމަށް ބޭނުންވާ އެތައް މާއްދާއެއް ހިމެނޭ އެއްޗެކެވެ.

Ads by STELCO

ފޭޝަލް ހެއާ އިތުރުކުރުމަށް ރަނގަޅު ޑައިޓަކަށް ފޮލޯ ކުރުމަކީ މުހިންމު ކަމެކެވެ. އެގޮތުން ބައެއް މޭވާއަކީ އިސްތަށި ފެޅުމަށް ބޭނުންވާ ނިއުޓްރިޝަން ފޯރުކޮށްދޭ ތަކެއްޗެވެ. ޑޮކްޓަރުން ފާހަގަކުރާ އެންމެ މުހިންމު މޭވާއަކީ އޮރެންޖެވެ. އެއީ ވިޓަމިން ސީ ލިއްބައިދޭ މޭވާއަކަށްވާއިރު، ކޮލާޖަން ޕްރޮޑަކްޝަނަށް އެހީވެދީ، ސިއްހަތު ރަނގަޅު އިސްތަށި ފެށުމަށް އެހީވެދޭ މޭވާއެކެވެ.

އެކި ވައްތަރުގެ ބެރީސް (ސްޓްރޯބެރީ، ބްލޫބެރީ، ރާސްބެރީ) އަކީވެސް މޫނުގައި އިސްތަށި ފަޅުވަން މުހިންމު ރޯލެއް ކުޅެދޭ މޭވާގެ ބާވަތްތަކެކެވެ. އެއީ އެންޓިއޮކްސިޑެންޓް ގިނަވެފައި, ވިޓަމިން ސީ އަދި އީ ލިއްބައިދޭ މޭވާގެ ބާވަތްތަކެކެވެ. އިސްތަށީގެ ފޮލިކްލްސް ސަލާމަތްކޮށްދީ އިސްތަށި އަވަހަށް ފަޅަން ވެސް ބެރީސް އެހީވެދެއެވެ.

އެވޮކާޑޯ، ދޮންކެޔޮ އަދި ކިވީއަކީ ވެސް މިކަމަށް ފައިދާ ހުރި މޭވާތަކެކެވެ. އެގޮތުން އޮވޮކާޑޯއަކީ ވިޓަމިން އީގެ މާއްދާ ވަރަށް މަތިވެފައި ހެލްދީ ފެޓްސް ހިމެނޭ މޭވާއެކެވެ. އޭގެ ސަބަބުން ބްލަޑް ސާކިއުލޭޝަން ރަނގަޅުވެ، އިސްތަށީގެ ބުޑުތައް ވަރުގަދަކޮށްދެއެވެ. ހަމަ އެފަދައިން ދޮންކޭލާއި ކިވީގައި ހިމެނޭ މާއްދާތަކަކީ ވެސް ބޯކޮށް އިސްތަށި ފެޅުވުމާއި އިސްތަށި ވަރުގަދަކުރަން މުހިންމު މޭވާއެކެވެ.

ސިއްހަތު ރަނގަޅު ތުނބުޅިއެއް ބޭނުންވާ ނަމަ ރަނގަޅު ފައިދާ ހުރި ކާނާ ކެއުމަކީ މުހިންމު ކަމެއް ކަމަށް ޑޮކްޓަރުން ލަފާދެއެވެ. އަދި ރަނގަޅަށް ނިދުމާއި ގިނައިން ފެން ބުއިމަށް ވެސް ލަފާދެއެވެ.

Ads by HDC