ރިޕޯޓް

މި ފެންނަނީ "ގަޓު" ހުރި ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ

ފާތިމަތު އަފްނާން ، ދެން އޮންލައިން
ރައީސް މުއިއްޒު، ކެއުޅުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު، އަބަދު ކިޔާ އަޑުއިވެނީ "ބަނގުރޫޓް"ގެ އަޑެެވެ. ލަންކާ ބަނގުރޫޓްވި ގޮތަށް ރާއްޖެ ބަނގުރޫޓުވާ ވާހަކައެވެ. ނަމަވެސް ސަރުކާރު ފަަށައި ކުރިމަތިވި ބަނގުރޫޓުގެ ހާލަތުން އަރައިގަތީ ފަރުވާތެރިކަމާ އެކު އެޅި ފިޔަަވަޅުތަކުންނެވެ.

Ads by STELCO

އެންމެ ފުރަތަމަ މަހު ވެސް ސަރުކާރުގެ ބޮލުގެ ރިހުމަކަށްވީ މަސްވެރިންގެ ޝަކުވާ ފުނިޖެހިފައި އޮތުމެވެ. ރައީސް ސޯލިހުގެ ސަރުކާރުން ކެމްޕޭނަށް ބޮޑުކުރި މަހުގެ އަގާ އެކު އެއްފަހަރާ ދައްކަން ޖެހޭ ބޮޑު އަދަދެއް އޮތެވެ، މަސްވެރިކަން އޮތީ އިންތިހާއަށް ރަނގަޅުކޮށެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުރީ ރެކޯޑް ދަށް މިންވަރަކަށެވެ. ދިވެހި ސަރުކާރުން މަސް ގަންނަމުން ދިޔައީ 20ރ. އަށް ކިލޯއެއްގެ މަގުންނެވެ. އެހެންވެ ސަރުކާރުން ގެނައި ބަދަލަކީ ބޭންކް އޮފް މޯލްޑިވްސްއާ އެކު "ޑީލެއް" ހެދުމެވެ. ބޭންކުން ފެސިލިޓީއެއް ފަރުމާކުރިއެވެ. އެ ފެސިލިޓީއަށް މިފްކޯއިން ފައިސާ ދައްކަނީ ޑޮލަރުންނެވެ. ކޮންމެ ހަފުތާއަކު މަސް ޝިޕްމަންޓުގެ ފައިސާ މިފްކޯ އަށް ލިބުމާ އެކު ޑޮލަރު މާރުކުރަމުން ދިޔައީ ބޭންކަށެވެ، ނަތީޖާއަކީ އިސާހިތަކު ސަރުކާރަށް ގޮތެއް ފެނުނެވެ. އެގޮތަކީ މަހުގެ އަގު ދަށްކޮށް މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ދޭން ފެށުމެވެ. މި ބަދަލާ އެކު މަހަށް ނުކުންނަ މިފްކޯގައި ރަޖިސްޓްރީ ކުރި އޮޑިފަހަރުގެ އަދަދު އިތުރު ވެގެން ދިޔައެވެ.

މި ބަދަލު ގެނައިރު، ބޯމަތީގައި ބޭރުގެ ދަރަނިތަނެއް ފުލުފުލުގައި އޮތެވެ. އެހެންވެ އެ ވެސް ދައްކަން ފެށި އެވެ. ފުރަތަމަ އަހަރު އެކަނި 100 މިލިއަން ޑޮލަރުގެ ދަރަނި ހަލާސްކުރިއެވެ. ބަޖެޓުން ތަން ހަދައިގެން އެޅި ފިޔަވަޅުތަކުގެ ނަތީޖާއަކީ ބޭރުގެ ފަރާތްތްތަކުގެ އިތުބާރު ރާއްޖެއަށް މަތިވުމެވެ. އޭގެ ފަހުން އެޅި ފިޔަވަޅަކީ ސަރުކާރުގެ ހަރަދުތައް މައިތިރިކުރަން ފެށުވެ. ހާއްސަކޮށް ބޮއްސުންލާފައިވާ ޕީއެސްއައިޕީ ލިސްޓު އޮބިއެޅުވިއެވެ. ދައުލަތުގެ ބަޖެޓަށް ނުކަތާ ވަރަށް އޮތް ތަރައްގީގެ މަޝްހޫރުތަކުގެ ލިސްޓު ހުއްޓުވިއެވެ. މި ލިސްޓުގައި ސަރުކާރު ބަދަލުވިއިރު 3،000 މަޝްރޫއު އޮތެވެ. ގިނަ މަޝްރޫއުތައް ހުރީ ފައްޓައި އެޑްވާންސް ފައިސާ ވެސް ދީފައެވެ.

ރައީސް އޮފީހުގައި ބޭއްވި ޕްރެސްގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް

މަޝްރޫއުތަކުގެ 80 ޕަސެންޓް ހިފައިގެން އޮތީ ފެނަކަ ކުންފުނިންނެވެ. އެ ކުންފުނީގެ ޖީބުގައި އޮތީ ހުސް ދަރަންޏެވެ. ފައިސާ ނުލިބިގެން އަމިއްލަ ފަރާތްތަކުން ދިޔައީ ސަރުކާރު ފަހައި ދުވަމުންނެވެ. މިކަން ވެސް ސަރުކާރުން މައިތިރިކޮށް ކޮންމެ މަހަކު އާމްދަނީ ލިބޭ މިންވަރުން ބިލްތައް ހަލާސްކުރަން ފެށިއެވެ. މީގެ އިތުރުން ގެނައި އަނެއް ބަދަލަކީ ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރަން ފެށުމެވެ.

ކޯވިޑަށްފަހު އައި ބަދަލާއެކު ރާއްޖޭގެ ބާޒާރުން ޑޮލަރު ދިޔައީ ބޭރުވަމުންނެވެ. އިމްޕޯޓަށް ބަރޯސާވާ ރާއްޖޭގެ އިމްޕޯޓަށް ފައިސާއެއް ނުލިބެ އެވެ. ރިޒާވް އޮންނަނީ ނޭވާ ހޮޅީގައެވެ. އެހެންވެ މި ފިޔަވަޅު އަޅައި ޖުމްލަ ރިޒާވް 30 ޕަސެންޓުގެ އިތުރުވުމަކާ އެކު 800 މިލިއަން ޑޮލަރުގައި ހިފެހެއްޓިއެވެ. އަދި ޔޫޒަބަލް ރިޒާވް 200 މިލިއަން ޑޮލަރުގައި ހިފެހެއްޓިއެވެ. ސޮވްރިން ފަންޑު 100 މިލިއަން ޑޮލަރުން މައްޗަށް ޖެއްސިއެވެ. މި ފިޔަވަަޅަކީ ސަރުކާރުން އެޅި އެންމެ ދަތި އެއް ފިޔަަވަޅެވެ. ޓޫރިޒަމް ވިޔަފާރިވެރިންގެ ނުރުހުން އިންތިހާއަށް ލިބުނު ކަމެކެވެ. ނަމަވެސް މިކަމުގެ ނަތީޖާ ފެންނަކަމުގެ ހެއްކަކީ ޗަމްޕާ ބްރަދާސްގެ ހުރިހާ ރިސޯޓްތަކުން މި މަހުން ފެށިގެން ޑޮލަރުން މުސާރަ ދޭން ފެށުމެވެ.

މިހުރިހާ ކަމަކާ އެކު މޫޑީސް ފަދަ ރޭޓިން އެޖެންސީތަކުން ވެސް ވަނީ މިދިޔަ އަހަރު ރާއްޖެއަށް ދިން ރޭޓިން ދަމަހައްޓައި ރަނގަޅުކޮށްފައެވެ. މިއާ އެކު މިހާރު ރާއްޖެ މިދަނީ ބޮޑު ދަރަނި އަދާކުރަން ތައްޔާރު ވަމުންނެވެ. ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ މި ދަަރަނި އަދާކުރެވޭނެކަމުގެ ޔަގީންކަން ސަރުކާރުން ވަނީ އިންވެސްޓަރުންނަށް ދީފައެވެ. މި ޔަގީންކަން އުފެދުނީ ސަރުކާރުގެ ފިޔަވަޅުތަކުންނެވެ.