Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ބަނގްލަދޭޝްއިން އޮން-އެރައިވަލް ވިސާ މެދުކަނޑާލަނީ

ބަނގްލަދޭޝްއިން އޮން-އެރައިވަލް ވިސާ މެދުކަނޑާލަނީ

ބަނގްލަދޭޝްގައި އަންނަ މަހު އޮންނަ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބާ ދިމާކޮށް، އޮން-އެރައިވަލް ވިސާ ދިނުން މެދުކަނޑާލާތީ، އެގައުމަށް ދަތުރުކުރާ ދިވެހިން ވެސް ވިސާ ނަގައިގެން ދިއުމަށް ފޮރިން މިނިސްޓްރީން އެދިއްޖެއެވެ.

މިނިސްޓްރީން ރޭ ނެރުނު އިއުލާނެއްގައި ބުނީ، އަންނަ މަހުގެ 12ވަނަ ދުވަހު އޮންނަ އާންމު އިންތިހާބާ ގުޅިގެން، ޖެނުވަރީ 15އިން ފެބްރުއަރީ 15ގެ ނިޔަލަށް އޮން-އެރައިވަލް ވިސާ ދިނުން މެދުކަނޑާލަން ބަނގްލަދޭޝް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން އެ މުއްދަތުގައި އެ ގައުމަށް ދަތުރުކުރާ ދިވެހިން، ރާއްޖޭގައި ހުންނަ ބަނގްލަދޭޝްގެ ހައިކޮމިޝަނުން ވިސާ ނެގުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement
Allied — Dhen Online (box)

މި އިންތިހާބަކީ، މިދިޔަ އަހަރު އެ ގައުމުގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ ވެރިކަން ވެއްޓުމަށް ފަހު ބާއްވާ ފުރަތަމަ އިންތިހާބެވެ. ދަރިވަރުންތަކެއް އިސްވެ ކުރި މުޒާހަރާއެއްގެ ތެރެއިން ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި، އެންމެ ފަހުން ހަސީނާއަށް ޖެހުނީ އިސްތިއުފާ ދޭށެވެ.

ހަސީނާގެ މައްޗަށް ގިނަ ދައުވާތަކެއް ސާބިތުވި ނަމަވެސް, އެކަމަނާ ހުންނެވީ އިންޑިއާގެ ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް