ޚަބަރު ރައްޔިތުންގެ މަޖިލިސް

ގޭހުގެ ޝިޕްމަންޓަކަށް ދެއްކި ފައިސާ ގެއްލުނު މައްސަލަ މަޖިލީހުގެ ކޮމެޓީއަށް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
މޯލްޑިވްސް ގޭސް -- އިބްރާހީމް ޝަމްވީލް

މޯލްޑިވްސް ގޭހުން ގޭސް ގަތުމަށް ބޭރުގެ ކުންފުންޏަކަށް ދެއްކި އެޑްވާންސް ފައިސާ ގެއްލުނު މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް ހުށަހަޅައިފިއެވެ.

Ads by STELCO

މި މައްސަލަ ބަލައިދިނުމަށް އެދި ކޮމެޓީއަށް ހުށަހެޅުއްވީ މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރެވެ. އޭނާ ކޮމެޓީއަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ގޭސް ޝިޕްމަންޓްގެ އެންޑްވާންސްގެ ގޮތުގައި ދުބާއީގެ ކުންފުންޏަކަށް ދެއްކި 246،545 ޑޮލަރު (3.7 މިލިއަން ރުފިޔާ) ގެއްލިފައިވާ މައްސަލައަކީ ސަރުކާރު ހިއްސާ އޮންނަ ކުންފުންޏަކަށް ކުރެވޭ ސީރިއަސް ތުހުމަތެއް ކަމަށެވެ.

އެ ފައިސާއަށް ވީގޮތެއް އަދިވެސް ނޭނގޭތީ، އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެ ސިޓީގައި އޭނާ ވަނީ އެދިވަޑައިގެންފައެވެ.

އޭގެ އިތުރުން، ގޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله މުހައްމަދު، މަޖިލީހުގެ ދެ މެންބަރަކަށް ބިރު ދެއްކި ކަމުގެ ތުހުމަތުތަކެއް ވެސް ކުރައްވައި، އެ މައްސަލަ ވެސް ބަލައިދިނުމަށް އެ ސިޓީގައި މެންބަރު އަހުމަދު ޝާކިރު ވަނީ އެދިވަޑައިގެންފައެވެ.

ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ޒިޔާދާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދަށް ބިރުދެއްކެވުން ކަމަށް ދޭހަވާ ގޮތަކަށް ޝޯޝަލް މީޑިއާގައި އެމްޑީ ޕޯސްޓެއް ކުރައްވާފައިވާކަން އެ ސިޓީގައި ފާހަގަކުރައްވައިފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!