އައިފޯނެއްގެ އިތުރުން ގިނަ ތަކެއްޗެއްގެ ވެރިފަރާތް ހޯދަނީ
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދަން ދިވެހި ފުލުހުންގެ ޚިދުމަތުން އިޢުލާންކޮށްފިއެވެ.
ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހުންގެ އަތުން ފެނިފައިވާ ތަކެތީގެ ވެރިފަރާތް ހޯދަން އެދި ފުލުހުންގެ ޙިދުމަތުން، ބުނެފައި ވަނީ ތަކެތީގެ ވެރިފަރާތުން އެ އެއްޗެއް ހުރި ޕޮލިސް ސްޓޭޝަނަކާ ގުޅުއްވައި އިންސިޑެންޓް ނަންބަރާ އެކު މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާ އެކު ތަކެތި ހުރި ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ވެސް ފުލުހުން އެދެއެވެ.
ވެރިފަރާތް ހޯދުމަށް ފުލުހުން އެދިފައިވާ ތަކެއްޗަކީ:
މާފަންނު ޕޮލިސް (ފޯން:9660183)
ޑިސެމްބަރު 18 ވަނަ ދުވަހު ދަތުރުވެރިންގެ މާރުކޭޓު ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ، ލޮއިނަރުތަކެއް. އިންސިޑެންޓް ނަންބަރު 667032
ޖަނަވަރީ 2 ވަނަ ދުވަހު ބިސްބުރު ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ، ޕިކަޕް ފޮށިގަނޑުގެ ދަގަނޑުގަނޑެއް. އިންސިޑެންޓް ނަންބަރު 669143
ޖަނަވަރީ 14 ވަނަ ދުވަހު އީދު މިސްކިތް ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ، ބައިސްކަލެއް. އިންސިޑެންޓް ނަންބަރު 670674
ޖަނަވަރީ 14 ވަނަ ދުވަހު އީދު މިސްކިތް ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ، ތިން ހޮޅި (ލޯ ހޮޅި). އިންސިޑެންޓް ނަންބަރު 670674
ގަލޮޅު ޕޮލިސް (ފޯން:9631696)
ޑިސެމްބަރު 30 ވަނަ ދުވަހު އޮއިވާލި ފިހާރަ ކައިރިން ހޮވައިގެން ގެނެސްފައިވާ ވޮލެޓެއް. އިންސިޑެންޓް ނަންބަރު 668742
ޖަނަވަރީ 4 ވަނަ ދުވަހު ޗަމްޕާ ހޮޓެލް ކައިރިން ހޮވައިގެން ގެނެސްފައިވާ އަވިއައިނެއް. އިންސިޑެންޓް ނަންބަރު 665382
ޖަނަވަރީ 9 ވަނަ ދުވަހު މުރަނގަމަގު ޕްރިޓީސް ފިހާރަ ކައިރިން ހޮވައިގެން ގެނެސްފައިވާ އައިފޯނެއް. އިންސިޑެންޓް ނަންބަރު 670270
ޖަނަވަރީ 14 ވަނަ ދުވަހު ކުރިކީލަމަގާއި ދެވިނަމަގު ގުޅޭ ހިސާބުން ހޮވައިގެން ގެނެސްފައިވާ އެއާ ކޮމްޕްރެސަރެއް. އިންސިޑެންޓް ނަންބަރު 670619
ހެންވޭރު ޕޮލިސް (ފޯން: 9400053)
ޖަނަވަރީ 4 ވަނަ ދުވަހު ލޮނުޒިޔާރަތްމަގު ސެނަހިޔާ ކައިރިން ހޮވައިގެން ގެނެސްފައިވާ 4000 ރުފިޔާ. އިންސިޑެންޓް ނަންބަރު 669916
ޖަނަވަރީ 7 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު ރައީސް އޮފީސް ކުރިމަތިން ހޮވައިގެން ގެނެސްފައިވާ އަތްދަބަހެއް. އިންސިޑެންޓް ނަންބަރު 669771
ޖަނަވަރީ 8 ވަނަ ދުވަހު އޭސް ހާޑްވެއާ ކައިރިން ހޮވައިގެން ގެނެސްފައިވާ ފައިސާތަކެއްހުރި ވޮލެޓެއް. އިންސިޑެންޓް ނަންބަރު 669952
ޖަނަވަރީ 9 ވަނަ ދުވަހު ކަލާފާނު ސްކޫލު ކައިރިން ފެނިފައިވާ، ވެރިއަކު ނެތް ނޫކުލައިގެ ރިންގްނެކްއެއް. އިންސިޑެންޓް ނަންބަރު 669970
ޖަނަވަރީ 10 ވަނަ ދުވަހު ޕޯސްޓް ބިލްޑިންގ ކައިރިން ހޮވައިގެން ގެނެސްފައިވާ ނޫކުލައިގެ ދަބަހެއް. އިންސިޑެންޓް ނަންބަރު 67013
ޖަނަވަރީ 13 ވަނަ ދުވަހު 1 ނަންބަރު ޖެޓީ ކައިރިން ހޮވައިގެން ގެނެސްފައިވާ ސޭފްޓީ ބޫޓެއް. އިންސިޑެންޓް ނަންބަރު 670510
ޖަނަވަރީ 14 ވަނަ ދުވަހު އާޓިފިޝަލް ބީޗުން ހޮވައިގެން ގެނެސްފައިވާ ކުޑަކުއްޖެއްގެ ބައިސްކަލެއް (ފިޔާތޮށިކުލައާއި ހުދުކުލަ). އިންސިޑެންޓް ނަންބަރު 670510

