ޚަބަރު

މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާލައި، 2 މީހަކު ގެއްލިގެން ހޯދަނީ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ބޯޓު ބަންޑުން ޖަހާލާފައި --

ހަތަރު މީހުންނާއެކު ދަތުރުކުރި މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާލައިފިއެވެ.

Ads by STELCO

އެމްއެންޑީއެފްއިން މިއަދު ބުނީ ތާޖް އެގްޒޯޓިކާ ރިސޯޓު ކައިރިއަށް ބަންޑުން ޖަހާލައިފައި ވަނީ "ބަލްމާ-6" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ކަމަށެވެ.

އެ އުޅަނދުން 4 މީހުން ދަތުރުކުރިއިރު، އެތަނުން 2 މީހަކު އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ވަނީ ނަގައިފައެވެ،. އަނެއް 2 މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ދަނީ ކުރަމުންނެވެ.

އެ ބޯޓު ބަންޑުން ޖަހާލީ ކީއްވެ ކަމެއް އަދި ސާފެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!