ބޯޓު ބަންޑުން ޖަހާލުން: ކަނޑަށް ގެއްލުނު އެކެއްގެ ހަށިގަނޑު ފެނިއްޖެ
ހަތަރު މީހުންނާ އެކު ދަތުރުކުރި މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާލައި، ކަނޑަށް ގެއްލުނު 2 މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ތާޖް އެގްޒޯޓިކާ ރިސޯޓު ކައިރިއަށް ބަންޑުން ޖަހާލައިފައި ވަނީ "ބަލްމާ-6" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެކެވެ. އެ ބޯޓުގައި ދަތުރުކުރި 4 މީހުންގެ ތެރެއިން 2 މީހަކު އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގައި ވަނީ ސަލާމަތްކޮށްފައެވެ.
އެމްއެންޑީއެފްއިން މީގެ އިރުކޮޅެއް ކުރިން ބުނީ ދެ މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް އެ ތަނުން އެކެއްގެ ހަށިގަނޑު އެ ރިސޯޓު ކައިރިން ފެނިފައިވާ ކަމަށެވެ. ފެނިފައި ވަނީ ދިވެހި ފިރިހެނެއްގެ ހަށިގަނޑެވެ.
ދެން ގެއްލިފައި ވަނީ އެ ބޯޓުން ދަތުރުކުރި ބިދޭސީއެކެވެ. އެމީހާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.
އެ ބޯޓު ބަންޑުން ޖަހާލީ ކީއްވެ ކަމެއް އަދި ސާފެއް ނުވެއެވެ.


ކިހިނެތްބަ ތިވީ ދޯ