ޚަބަރު

ވިލިމާލެ ހޮސްޕިޓަލުގެ މަސައްކަތް އަމަލީގޮތުން ފަށަން ޗައިނާއާ އެކު ސޮއިކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ވިލިމާލެ ހޮސްޕިޓަލުގެ ކުރެހުމެއް--

ވިލިމާލޭގައި އަޅާ ހޮސްޕިޓަލުގެ މަސައްކަތް އަމަލީގޮތުން ފަށަން ކޮންސްޓްރަކްޝަން މިނިސްޓްރީން ޗައިނާ ސަރުކާރާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Ads by STELCO

މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ ކަައުންސެލަރު ޝަންގު ޝޫއެވެ.

ސަތޭކަ ބާރަ އެނދުގެ އެ ހޮސްޕިޓަލު އަޅަން ނިންމާފައި ވަނީ 12890 އަކަމީޓަރުގެ ސަރަަހައްދެއްގައެވެ.

އެ ހޮސްޕިޓަލުން

  • ބަލި މީހުން ބެލުމާއި އިމެޖެންސީ ހިދުމަތްތައް ލިބޭނެ
  • ބަލި މީހުން އެޑްމިޓްކޮށްގެން ފަރުވާ ދެވޭނެ
  • ޓާޝިއަރީ ފެންވަރުގައި ސިއްހީ ހިދުމަތް ދެވޭ ވަރަށް މެޑިކަލް އިކުއިޕްމަންޓް ހުންނާނެ

މިއަދު ސޮއިކުރި އެއްބަސްވުމަށް ފަހު ދެން އޮތީ އެ ހޮސްޕިޓަލު އަޅަން ކޮންޓްރެކްޓަރެއް ހޯދަން ބީލަމަށްލުުން ކަމަށް ވެސް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ.

އެގޮތުން އެ ކަންކަން ނިމި މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އިމާރާތް އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ވިލިމާލޭގައި ތަރައްގީކުރުމަށް ނިންމައިފައިވާ ހޮސްޕިޓަލްގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ކުރުމަށް، ރާއްޖެއާއި ޗައިނާއާއި ދެމެދު ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކޮށްފައި ވަނީ 2024ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. މިއީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްގީކުރާ ހޮސްޕިޓަލެކެވެ. މިހޮސްޕިޓަލުގެ އިމާރާތާއި ވަސީލަތް ގާއިމުކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ، ޗައިނާ ސަރުކާރުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!