ޚަބަރު

ރޯދައަށް މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މިސްކިތެއްގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ސިޓީ ކައުންސިލްއިން ކުރަނީ--

ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް މާލެ ސަރަހައްދުގެ މިސްކިތްތަކުގެ އާބާތުރަ ފިލުވައި ޒީނަތްތެރިކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

Ads by STELCO

މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ އެ މަސައްކަތްތައް މާލެއާއި ހުޅުމާލޭގެ މިސްކިތްތަކުގައި މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

އޭގެ ތެރޭގައި ހުޅުމާލެ މަސްޖިދުލް ޘާނީ މިސްކިތުގައި މައިޒާނެއް ތަރައްީކުރުމާއި ހުޅުމާލެ މަސްޖިދުލް ޚައްތާބުގެ ފުރާޅު މަރާމާތުކުރުމާއި އާބާތުރަ ފިލުވުން ހިމެނޭ ކަމަށް ކައުންސިލްއިން ބުންޏެވެ.

އިތުރު މަސައްކަތްތަކުގެ ތެރޭގައި

  • މާލޭ ތަޤްވާ މިސްކިތް، މާފަންނު އާ މިސްކިތް އަދި އިބްރާހިމީ މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދައި ފެހިކުރުމާއި ޒީނަތްތެރިކުރުމުގެ މަސައްކަތް.
  • ހުޅުމާލޭ މަސްޖިދުލް މުޙައްމަދު: ތިރީބައިގެ ދޮރުތަކުގައި ޑިޒައިން ސްޓިކާ ހަރުކުރުން.

މަރާމާތުގެ އިތުރުން ވެސް، މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމާއި، ނަމާދުކުރާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމުތައް ހަމަޖައްސަން މަސައްކަތްކުރާ ކަމަށް ވެސް ސިޓީ ކައުންސިލްއިން ބުންޏެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ރޯދަ މަހަކީ ގިނަ ބަޔަކު އަޅުކަމުގައި ވަގުތު ހޭދަކުރާ މަހަކަށްވާތީ، މިސްކިތްތަކަކީ ހިތްގައިމު ސާފުތާހިރު ތަންތަނުގެ ގޮތުގައި ބެހެއްޓުމަށް ކައުންސިލުން ހާއްސަ ސަމާލުކަމެއް ދޭ ކަމަށެވެ،

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!