ވިޔަފާރި

މިދިޔަ އަހަރު ރިސޯޓްތަކުގެ އޮކިއުޕެންސީ ހުރީ 74.6% ގައި

ފާތިމަތު އަފްނާން ، ދެން އޮންލައިން
ވަން އެންޑް އޮންލީ ރީތި ރަށް/ ފޮޓޯ: ޓްރިޕް އެޑްވައިޒާ

މިދިޔަ އަހަރު ރާއްޖޭގެ ރިސޯޓްތަކުގެ އޮކިއުޕެންސީ ނުވަތަ ޓޫރިޒަމް ހިދުމަތްދޭ ތަންތަނުގެ 74.6% ފުލްކޮށް ހިންގާފައިވާ ކަމަށް ދައްކައިފިއެވެ.

Ads by STELCO

އެމްއެމްއޭއިން ބުނި ގޮތުގައި ރިސޯޓްތަކުގެ އެވްރެޖް އޮކިއުޕެންސީ މިދިޔަ އަހަރު ހުރީ ގާތްގަނޑަކަށް 74.6% ގައެވެ. އެންމެ މަތީގައި އުޅުނީ ފެބްރުއަރީ މަހު (89.6%) އެވެ. އަދި ގެސްޓްހައުސްތަކުގެ އެވްރެޖް އޮކިއުޕެންސީ ހުރީ ގާތްގަނޑަކަށް 38.8% ގައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން 2025 ވަނަ އަހަރުގެ މިހާތަނަށް ޖުމްލަ ބެޑްނައިޓްސް އުޅެނީ ގާތްގަނޑަކަށް 9.8 މިލިއަންގައެވެ.

އެކި ސެކްޓާތަކުގެ ބެޑްނައިޓްސް

ރިސޯޓްތައް: 8,054,000 (8 މިލިއަން) ބެޑްނައިޓްސް
ގެސްޓްހައުސްތައް: 1,460,000 (1.4 މިލިއަން) ބެޑްނައިޓްސް
ސަފާރީ އުޅަނދުތައް: 168,000 ބެޑްނައިޓްސް
ހޮޓާތައް: 192,000 ބެޑްނައިޓްސް

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ބެޑްނައިޓްސް އެންމެ ބޮޑަށް އިތުރުވެފައިވަނީ ފެބްރުއަރީ މަހުއެވެ. އެ މަހު 1,228,000 ބެޑްނައިޓްސް ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި ކަމަށް ދައްކައެވެ. އަދި ޖެނުއަރީ މަހު މި އަަދަދު ހުރީ 1,215,000 ބެޑްނައިޓްސްގައެވެ. އަދި މާރިޗް މަހު މި އަދަދު ހުރީ 1,170,000 ބެޑްނައިޓްސްގައެވެ.