ޚަބަރު

ރޯދަ ހަދިޔާއަށް ދޭ މަސްދަޅު ކޭސް ، ހޮނިހިރު ދުވަހު ބަހަން ފަށަނީ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް މީހަކާ ހަވާލުކުރަނީ / ފޮޓޯ:އެސްޓީއޯ

ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޭ މަސްދަޅު ކޭސް، އަންނަ ހޮނިހިރު ދުވަހުން ފެށިގެން ދޫކުރަން ފަށާނެ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމްތައް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން، މަސްދަޅު ކޭސް ބެހުމަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް މާލެ ސަރަހައްދުގެ ރައްޔިތުންނަށް މިއަދު މެންދުރު 12:00އިން ފެށިގެން ނަންބަރު ނެގޭނެ ކަމަށާއި، އެއްވެސް މީހަކު ކިޔޫގައި ޖެހެން ނުޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އާދަމް ވިދާޅުވީ މިއަހަރުގެ ރޯދަ މަހު ޖުމްލަ 118،673ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރާނެ ކަމަށެވެ. އެއީ އަތޮޅުތެރޭގެ 56،918ގޭބިސީއަކާއި މާލެ ސަރަހައްދުގެ 61،755ގޭބިސީއަށެވެ.

ހުރިހާ ގޭބިސީއަކަށް ވެސް ރޯދަ ހަދިޔާ ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!