ބާ މުސްހަފްތައް ނައްތައިލަން ސިޓީ ކައުންސިލްއާ ހަވާލުކުރުމުގެ ފުރުސަތު ހުޅުވާލައިފި
މާލޭ ސަރަހައްދުގެ ގޭގޭގައި ހުރި ބާ މުސްހަފުތަކާއި ގުރުއާނުގެ އާޔަތް ނުވަތަ ހަދީސް ހިމެނޭ އެ ފަދަ ދީނީ ފޮތްތަކާއި ލިޔުންތައް މާލޭ ސިޓީ ކައުންސިލްއާ ހަވާލުކޮށް ނައްތާލުމުގެ ފުރުސަތު އެ ކައުންސިލްއިން ހުޅުވާލައިފިއެވެ.
މާލޭ ސިޓީ ކައުންސިލްއިން ބުނީ ނައްތާލަން ބޭނުންވާ އެ ފަދަ ލިޔުންތައް މާދަމާއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ކައުންސިލަށް ހުށަހެޅޭނެ ކަމަށެވެ. އެގޮތުން އެ ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން މެންދުރު 12:00އަށް، މެންދުރު ފަހު 1:00އިން ހަވީރު 5:00އަށް އެ ލިޔުންތައް ބަލައިގަންނާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ތަކެތި ބަލައިގަންނަ ތަންތަން
- މާލެ : ސިނަމާލެ 3 ގެ ގޯތިތެރެ ( ގަލޮޅު މަދުރަސާ ކުރިމަތިން ބުރުޒުމަގުން ސިނަމާލެ 3 ގެ ގޯތިތެރެއަށް ވަދެވޭ ގޭޓުން އެތެރެ )
- ވިލިމާލެ : މާލޭ ސިޓީ ކައުންސިލް އިދާރާގެ ވިލިމާލެ ސެކްޝަން
- ހުޅުމާލެ : މާލޭ ސިޓީ ކައުންސިލް އިދާރާގެ ހުޅުމާލެ އޮފީސް
މޭޔަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި މުސްހަފްތަކާއި އެފަދަ ލިޔުންތައް ހިމެނޭ ފޮތްތައް ނައްތާލަނީ ފުލުހުންނާ ގުޅިގެންނެވެ.

