ޚަބަރު

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކައި ނިންމައިފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ހުޅުމާލެ ފޭސް 3 ހިއްކަނީ --

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކައި ނިންމާލައި، ގޯތި ހަވާލުކުރަން ތައްޔާރުވެއްޖެއެވެ.

Ads by STELCO

ހުޅުމާލެ ތިންވަނަ ފިޔަވައްސަކީ މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުއެކެވެ. ކުރީ ސަރުކާރުން ފެށި މި މަޝްރޫއު މި ސަރުކާރުން ނިންމާލާފައި ވަނީ ހޮލެންޑުން 2 ޑްރެޖަރު ގެނެސްގެންނެވެ.

މި ޑްރެޖަރުތަކާ އެކު މި މަޝްރޫއު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ނިންމާލެވޭނެކަމަށް މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން 63 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މި މަސައްކަތް ނިންމާލާފައި ވަނީ 2 މަސް ދުވަސް ތެރޭގައެވެ.

ރައީސްގެ ވައުދުފުޅާ އެއްގޮތަށް، އެތަނުން ދޫކޮށްފައިވާ ގޯތިތައް ވަރަށް އަވަހަށް ހަވާލުކުރާނެއެވެ. އެތަނުން ދޫކުރާ 698 ގޯތީގެ ގުރުއަތު މިހާރުވަނީ ނަގައިފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!