ޚަބަރު

ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރަށް ފަސް ދައުވާއެއް، 60 އަހަރުގެ ހުކުމެއް އަތުވެދާނެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޖިންސީ ގޯނާ އާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން / ސަން ފޮޓޯ:ފަޔާޒު މޫސާ

ދަރިވަރުންތަކަަކަށް ޖިންސީ ގޯނާކުރި ޓީޗަރުގެ މައްޗަށް ޕްރޮސިކިއުޓާ ޖެެނެރަލް(ޕީޖީ)_އޮފީހުން ހަތަރު ދައުވާއެއް އުފުލައިފިއެވެ.

Ads by STELCO

މ. ކޮޅުފުށި، ސާދާގެ، ޝުއައިބު އަބްދުﷲގެ މައްޗަށް ދައުވާ އުފުލީ އޭނާ މ. އަތޮޅު މަދަރުސާގެ ހެލްތް އެންޑް ފިޒިކަލް އެޑިއުކޭޝަން ޓީޗަރެއްގެ ގޮތުގައި ހުރެ، އެ ސްކޫލް ދަރިވަރުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.

އެގޮތުން ޝުއައިބު ކިޔަވައިދުން ދެ ކުއްޖެއްގެ ގައިގާ ޖިންސީ ނިޔަތެއް އޮވެގެން އަތްލައި އެކުދިންނަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކާފައިވާތީ ކޮށްފައިވާކަމަށް ވަނީ ތުހުމަތުކުރެވިފައެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ފަސް ދައުވާއެއް ވަނީ އުފުލައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ

  • އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުން
  • އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުން
  • އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ބެލުވުމުގެ ދެ ދައުވާ
  • އޮރިޔާން ކާޑު ގެންގުޅުން

އެ ދައުވާތައް ސާބިތުވެއްޖެނަމަ، ޝުއައިބުގެ މައްޗަށް މަދުވެގެން 60އަހަރާއި އެއް މަހާއި ހަ ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.