ޚަބަރު

ސްކޭމްކޮށްގެން ހޯދާ ފައިސާ ، އެކައުންޓުން ނަގައިދޭ މީހަކު ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

ސްކޭމްކޮށްގެން ހޯދާ ފައިސާ އެކައުންޓަށް ޖަމާކޮށްދިނުމުން ނަގައިދޭ މީހަކު ހައްޔަރުކޮށްފިއެވެ.

Ads by STELCO

ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ހއ. ކެލާ/ ޕެނަމާ، މުހައްމަދު ސިމާދު(38އ.) އެވެ.

ބަންދު އަމުރުގައިވާ ގޮތުން ސްކޭމްގެ ފައިސާ އެކައުންޓަށް ޖަމާކޮށްދިނުމުން އޭނާ ނަގައިދޭ ކަމަށާއި އަދި އެފަދަ މައްސަލަތައް ހުށަހެޅިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދި އެ މައްސަލައިގައި ބީއެމްއެލްގެ ލިޔުންތަކާއި ތަހުގީގީ ބަޔާންތައް ފުލުހުން ހުށަހަޅާފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައި ވެއެވެ.

އެހެންވެ ސިމާދު 15ދުވަހަށް ބަންދުކުރަން ވެސް ކޯޓުން ވަނީ އަމުރު ނެރެފައެވެ.

ސްކޭމްގެ މައްސަލަތައް ރާއްޖޭގައި ވަރަށް ބޮޑެވެ. އެގޮތުން އޯޓީޕީ ހޯދުމަށާއި އެކިއެކި ކަންކަމުގައި އޮޅުވައިލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދުމުގެ މައްސަލަ ބޮޑެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!